ރޭ ކުޅެވުނު ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލް މެޗް ވެގެން ދިޔައީ މި މުބާރާތުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި ކުލަގަދަ މެޗްތަކުގެ ތެރެއިން މެޗަކަށެވެ. އެއީ މެޗް ނިމެން އެންމެ 7 ސިކުންތު ބާކީ އޮއްވާ މަހޭ ޖެހި ލަނޑުން އެތުލެޓިކްސް ފައިނަލްމެޗް ކާމިޔާބުކޮށް މިފަހަރުގެ ޗެމްޕިއަންކަން ހޯދުމުންނެވެ.
ރޭ ކުޅެވުނު ފައިނަލް މެޗު އެތުލެޓިކްސް ކާމިޔާބުކޮށްފައިވަނީ އެޓީމުގެ ވާދަވެރި ހަސްތާލަ ވިސްތާލަ 2-1 އިން ބަލިކޮށްގެނެންވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށް ލީޑު ހޯދީ ހަސްތާލަ ވިސްތާލައިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާމިތެވެ.
މީގެއިތުރަށް ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް ހަސްތާލަ ވިސްތާލައިގެ ހުސެން ދީދީއަށް ލިބުނު ހުސް އެތައް ފުރުސަތުތަކާއި، އެތުލެޓިކްސްގެ މަހޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ފުރުސަތުތައް އެކުޅުންތެރީންނަކަށް ބޭނުންކުރެވި ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 އިން ހަސްތާލަ ވިސްތާލަ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުމާއެކު ދެޓީމުންވެސް ދެއްކީ ހަމަހަމަ ވާދަވެރި ކުޅުމެކެވެ. މި ހާފުގައިވެސް ދެޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިގެން ގޮސްފައިވެއެވެ. މިހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްގޮތައް ހަސްތާލަ ވިސްތާލައިގެ ހުސެންދީދީއާއި އެތުލެޓިކްސްގެ މަހޭއަށް ލަނޑު ޖަހަން ހުސްކޮށް ލިބިގެން ގޮސްފައިވާ ގިނަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް ފަހުހާފުގެ 10 ވަނަ މިނެޓުގައި އެތުލެޓިކްސްގެ ޒާއްލޯއަށް ލިބުނު ފުރުސަތެއްގައި އޭނާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އަދި މެޗް ނިމެން 7 ސިކުންތަށް ވެފައި ވަނިކޮށް، އެތުލެޓިކްސްއަށް ލިބުނު ކޯނަރެއްގައި ފޮނުވާލި ބޯޅަ މުޅިން ހުސްކޮށްހުރި މަހޭއަށް ލިބުމާއެކު އެތުލެޓިސްއަށް ޗެމްޕިއަންކަން ލިބުނު ލަނޑު އޭނާވަނީ ކާމިޔާބުކޮށްދީފައެވެ. މިއީ ޙަޤީޤަތުގައިވެސް ކުޅިބަން ގޮސް ތިބިމީހުންނާއި ކުޅުންތެރީނެވެސް ހައިރާންކޮށްލި ވަގުތު ކޮޅެކެވެ.
ގްރޫޕް ސްޓޭޖްގައި އެތުލެޓިކްސްއިން ވަނީ ހަސްތާލަ ވިސްތާލަ 7-1 އިން ބަލިކޮށްފައެވެ. އެހެންކަމުން ގިނަ ބަޔަކު ލަފާކުރީ ފައިނަލް މެޗްވެސް އެތުލެޓިކްސްއިން ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ ކަމަށެވެ. ނަމަވެސް ހަސްތާލަ ވިސްތާލައިގެ ކުޅުންތެރިން ދެއްކި ފޯރިގަދަ ކުޅުމުން މެޗް ވަރަށް ވާދަވެރި ވެގެން ދިޔައެވެ.
މެޗް ނިމުމާއެކު ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމު އަދި މެޑެލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) އެވެ. ރަނަރަޕް ޓީމަށް ތައްޓާއި މެޑެލް އަދި އިނާމު ހަވާލުކޮށްދެއްވީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިޙާއެވެ.


ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެމްޕިއަން އެތުލެޓިކްސްގެ ޒާހިލް ސަމީއުއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާގެމަގާމަށް ހޮވުނު ޒާހިލް ސަމީއުއަށް ޓްރޮފީ ހަވާލްކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފުވެރި މެހުމާނު ރަށްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާނު ( އައްދު )އެވެ.
މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން އެތުލެޓިކްސްގެ މަހޭއެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނު ޗެމްޕިއަން އެތުލެޓިކްސްގެ މަހޭއާއި ޓްރޮފީ ހަވާލްކޮށްދެއްވީ މީދޫ ކުރީގެ ކުޅުންތެރިއެއްކަމުގައިވާ ނިޒާރެވެ
މިމުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ރަނައަޕްޓީމް ހަސްތާލަ ވިސްތާލައިގެ މިޝަލްއެވެ
މިމުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނު ރަނައަޕްޓީމްގެ ހަސްތާލަ ވިސްތާލައިގެ މިޝަލްއާއި ޓްރޮފީ ހަވާލްކޮށްދެއްވީ އެމްޓީސީސީ ހުޅުމީދޫ އޮފީހުގެ މެނޭޖަރ އަހުމަދު ޝާޠިރުއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރަނައަޕް ޓީމް ހަސްތާލަ ވިސްތާލަ ޓީމުގެ ކޯޗް އަހުމަދު މުހާސިނެވެ.

މިމުބާރާތުގެ އެންމެ ރީތި ގޯލް ޖެހިކުޅުންތެރިއަކަށް ހޮވުނީ ރަނައަޕްޓީމު ހަސްތާލަ ވިސްތާލައިގެ ނައުފަލެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީންނަށް ހޮވިފައިވަނީ ، އެތުލެޓިކްސްގެ ޒާހިލް ސަމީއު ، އެފްސީ ގްރީންގެ މުހައްމަދު ޒާލިފު ، އެތުލެޓިކްސްގެ މަމްދޫހު ހަސަން ( މަހޭ ) ، އެތުލެޓިކްސް ގެ އަހުމަދު އަޒާން ، އަދި އެތުލެޓިކްސް ގޯލްކީޕަރު ފައިޒެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެތުލެޓިކްސް ގެ އަހުމަދު އަޒާންއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

