ނަލަފެހީގެ ބުރަ މަސައްކަތުން މީދޫ ލޯކަލް ޓުއަރިޒަމަށް ބަދަލުވަމުންދާކަމަށް ރިސޯޓު ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ޑިޕާޓްމެންޓެއްގެ މެނޭޖަރެއް ކަމަށްވާ ޖަމްޝީދު ވިދާޅުވެއްޖެވެ.
ޖަމްޝީދު މިހެން ވިދާޅުވީ ނަލަފެހިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ނަލަފެހީގެ ހިންގުތެރި ހިންގާކޮމިޓީއާއި ބައްދަލުކޮށް ދެއްވި ވާހަކަފުޅުގައެވެ.
ޖަމްޝީދު ވިދާޅުވީ މީދޫއަށް މިހާރު މީހުން ގިނަ އަދަދަކަށް އަންނަން ފަށާފައިވަނީ، ނަލަފެހި ޖަމްއިއްޔާއިން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީދޫއަކީ މިހާރު ރިސޯޓެއް ފަދަ ތަނަކަށް ބަދަލުވެފައިވާ ރަށެކެވެ.
"މިހާރު މީދޫއަކީ ރިސޯޓެއް،" ޖަމްޝީދު ވިދާޅުވިއެވެ. "މީގެ ކްރެޑިޓް ދޭން ޖެހޭ ފަރާތަކީ ނަލަފެހި ޖަމްއިއްޔާ." އޭނާ އިތުރަށް ވިދާޅުވީ، ކިތަންމެ ވަރަކަށް ގެސްޓް ހައުސް ހެދިކަމުގައިވިޔަސް އެތަންތަނަށް އަންނަ މީހުން އައިސް އެމީހުން މުނިފޫހި ފިލުވަން ބޭނުން ކޮށްލާނެ ތަނެއްނެތި ބަޔަކު ނާންނާނެ ކަމަށެވެ. ނަލަފެހި ޖަމްއިއްޔާއިން މީދޫއަށް މިގޮތައް ޒިޔާރަތްކުރާ ފަރާތްތަކަށާ އާއްމުކޮށް ރަށުގެ އެންމެންނަށް ބޭނުންކުރެވޭގޮތައް ފެންވަރު ރަނގަޅު ފިނިމައިޒާންތަކެއް ތައްޔާރުކޮށްފައިވުމަކީ މީދޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޖަމްޝީދު ފާހަގަކުރިއެވެ.
ރިސޯޓު ދާއިރާގައި އުޅެން ޖެހޭތީ ރަށުން ބޭރުގައި ހުރިނަމަވެސް، ނަލަފެހި ޖަމްއިއްޔާގެ ހުރިހާކަމެއް ކޮންމެ ދުވަހުވެސް ބަރާބަރަށް ބަލަމުންދާ ކަމަށް ޖަމްޝީދު ހާމަކުރިއެވެ. އޭނާ ވަނީ ޖަމްއިއްޔާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އިބްރާހިމް ވަހީދުމެން ކަހަލަ ތައުލީމީ ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށްފައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުން ނަލަފެހި ޖަމްއިއްޔާގެ ކުރީސަފުގައި އިސްދައުރެއް އަދާކުރަމުން ދިއުމަކީ ޒުވާނުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް ވެސް ޖަމްޝީދު ވިދާޅުވިއެވެ. މިފަދަ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއެކު ޖަމްއިއްޔާގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށްދާނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.
މީދޫއަށް މިފަހަރު ދިޔުމުގެ ކުރީން، ނަލަފެހި ޖަމްއިއްޔާއިން ކުރާ މަސައްކަތްތައް އެމީހުންގެ ސިޓިންގ ރޫމުން ނޫނީ ބަދިގެން ފެންނާނެ ގޮތަކަށް ތައްޔާރު ކުރެވިފައިވާ ހަދިޔާތަކެއް، ނަލަފެހި ޖަމްއިއްޔާގެ ހިންގުންތެރި ހިންގާ ކޮމިޓީގެ މެންބަރުންނަށް ގެނެސް ހަވާލު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ ޖަމްއިއްޔާގެ މަސައްކަތަށް ޖަމްޝީދު ދެއްވާ އިހުތިރާމާއި ގަދަރު ކަމަށް ފާހަގަކުރެވިގެން ދިޔައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

