މީދޫ ބޮޑުމަގުގެ ހުޅަނގު ފަރާތުގައި ވާރޭވެހިގެން ހެދޭ ފެންގަނޑު ނުހިނދި ގިނަ ގަޑިއިރުތަކެއް ވަންދެން އޮންނަކަމަށްބުނެ މީދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތާ ގިނަދުވަސްތަކެއް ވެއްޖެވެ. ވާރޭވެހުން ހުއްޓާލާ ފަހުންވެސް، މި ފެންގަނޑު ނުހިނދި ގިނަ ވަގުތު އޮންނަކަމަށް މީދޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
މީދޫގެ ގިނަ ރައްޔިތުން ފާހަގަކުރާ ގޮތުގައި، މި ފެންގަނޑު ނުހިނދި ގިނަ ވަގުތު އޮންނަނީ މަގުގެ އެ ސަރަހައްދުގައި ހަދާފައިވާ ޖަންކްޝަންތަކަށް ފެން ނުދާތީއެވެ. މިމަގު ތާރުއަޅައިގެން ރަގަޅު ފެންވަރަކަށް ހަދާފައިވާކަމަށް ބެލެވުނު ނަމަވެސް، މަގުގެ ފެން ހިންދާ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
"ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަގު ހަދާފައި އޮތަސް، ވާރޭވެހިގެން ހެދިފައި އޮންނަ މި ފެންގަނޑު އެތައް ގަޑިއިރެއް ވަންދެން ނުހިނދިއޮވޭ. މިއީ ވަރަށް ދަތި އުދަނގޫ ވާ މައްސަލައެއް . ޚާއްޞަކޮށް ހިގާފައި އުޅޭ މީހުންނަށް ވަރަށް އުނދަގޫވޭ،"
ބޮޑުމަގު ކައިރީގައި ދިރިއުޅޭ ރައްޔިތެއް ކަމަށްވާ ޢަލީ ( އަސްލުނަމެއްނޫން ) މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މިކަމުގައި ސަމާލުކަން ދޭންޖެހޭ އަނެއް ކަމަކީ، މި މައްސަލަ ދިމާވަނީ ހަމައެކަނި ބޮޑުމަގުގެ ހުޅަނގު ފަރާތުގައިކަމެވެ. މި މަހުގެ އިރުމަތީފަރާތުގައި މިފަދަ ފެންގަނޑު ހެދިފައި ނުހުންނަކަން ފާހަގަކުރެވެއެވެ. މިކަމުން ދޭހަވަނީ، މައްސަލައަކީ މަގުގެ ވަކި ސަރަހައްދެއްގައި ހުރި ފެން ހިންދާ ނިޒާމުގައި މައްސަލައެއްހުރިކަމެވެ.
"މަގުގެ އަނެއް ފަރާތުގައި މިފަދަ މައްސަލައެއް ދިމާނުވޭ. ވާރޭ ވެހުނަސް މަގުގެ އަނެއްފަޅިން ފެން އަވަހަށް ހިންދައިގެންދޭ . އެހެންވީމާ މިއީ ފެންހިންދާ ނިޒާމުގެ މައްސަލައެއްކަން ވަރަށް ސާފު،"
ބޮޑުމަގު ކައިރީގައި ދިރިއުޅޭ ރައްޔިތެއް ކަމަށްވާ ޢަލީ ( އަސްލުނަމެއްނޫން ) މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
" މީދޫ ބޮޑުމަގުގެ ހުޅަނގު ފަރާތުގައި ވާރޭވެހި ފެންގަނޑު ހެދިފައި އޮންނާތީ މީދޫ އަވަށު އޮފީހުން މި މައްސަލައަށް ހައްލެއް ހޯދުމަށް، ވަނީ ޕްލޭނެއް ވެސް ހަދާފައި، މި ޕްލޭނުގެ ދަށުން މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަވުމުން މަސައްކަތް ފަށާގޮތަށް ވަނީ ނިންމާފައި .
މިޕްލޭނުގެ ދަށުން އެފްކޮންސްއާ ވާހަކަ ދެކެވި އެމީހުން ބަހައްޓާފައިވާ ޖަންކްޝަންތަކަށް ފެންދާގޮތަށް ހޮޅިތަކެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި . އަޅުގަނޑުމެން އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ޙައްލުކުރެވޭނެކަމަށް، ނަމަވެސް، މި މަސައްކަތް މިވަގުތު ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވަނީ މަގު ހެދުމުގެ ދެވަނަ ފޭސް ވަރަށް އަވަހަށް ފެށޭނެ ކަމަށް މައުލޫމާތު ލިބިފައިވާތީ، އެއީ ދެވަނަ ފޭހުގެ މަސައްކަތާއެކު މި ފެން ހިނދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭތީ ،"
މީދޫ އަވަށު އޮފީހު މައުލޫމާތު ދީފައިވެއެވެ.
މީދޫ ބޮޑުމަގަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަގަޅުފެންވަރަކަށް ތާރުއަޅައިގެން ހަދާފައިވާ މަގަކަށްވާތީ، މި މައްސަލަ ހައްލުކުރުމަށް މީދޫ އަވަށު އޮފީހުން އިސްނަގައިގެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެމްޓީސީސީއާއި މިކަމުގައި ވާހަކަދައްކަން ޖެހިފައިވާކަމަށް ރައްޔިތުން ދެކެއެވެ.
"އެމްޓީސީސީން މި މަގު ހެދީ ވަރަށް ރަނގު ފެންވަރެއްގައިކަމަށް ބުނެފައިވާއިރު، މިފަދަ އަސާސީ މައްސަލައެއް ދިމާވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް.
މީދޫގެ އިޖްތިމާޢީކަންކަމުގައި ހަރަކާތްތެރިވާ އަހުމަދު ޒުހައިރު ވިދާޅުވިއެވެ.
މީދޫގެ ރައްޔިތުން އެދެނީ މި މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށެވެ. ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި މި މައްސަލަ ދިމާވުމުން، އުދަގޫތަކާ ކުރިމަތިލާން ޖެހޭތީއެވެ.
ރައްޔިތުންގެ އުންމީދަކީ މި މައްސަލަ އަވަހަށް ހައްލުވެ، ވިއްސާރަ މޫސުމުގައި ދިމާވާ ދަތިތަކުން އަވަހަށް ސަލާމަތްވުމެވެ. އަދި ރައްޔިތުންނަށް މައްސަލަ ހައްލުކުރެވޭ ގޮތުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދިނުމަކީވެސް މުހިއްމުކަމެއްކަމުގައި ދެކެމެވެ.
މީދޫ ބޮޑުމަގުގެ ހުޅަނގު ފަރާތުގައި ވާރޭވެހިގެން ހެދޭ ފެންގަނޑު ނުހިނދި ގިނަ ގަޑިއިރުތަކެއް ވަންދެން އޮތުމާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ލިއުމެއް ތިރީގައި ލިކުން ފެނިވަޑައިގަންނަވާނެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

