ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ފުޓްސަލް މުބާރާތުގައި ރޭވެސް ވަނީ ދެމެޗް ކުޅެވިފައެވެ.
ރޭގެ ފުރަތަމަމެޗް : އެފްސީ ގްރީންއާއި އެފްސީ ވަންޕާމް
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ގްރީންއާއި އެފްސީ ވަންޕާމެވެ. މި މެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އެފްސީ ގްރީންއެވެ. މެޗުގެ ފެށުނީއްސުރެ ގްރީންގެ ކުޅުންތެރިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގައި ގްރީން ޓީމުން ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޒާއްލޭ ، މަފާޒް އަދި ރަމްޒީއެވެ. އެފްސީ ވަންޕާމުން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ ޝިފާޒުއެވެ.
މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ގްރީންގެ ޒާއްލޭއެވެ. ޒާއްލޭ ވަނީ މެޗުގައި އޭނާގެ ހުނަރުވެރި ކުޅުމާއިއެކު ޓީމަށް ރަގޅު އިރުޝާދު ތަކެއްދީ ލީޑަރޝިޕްގެ ދައުރެއް އަދާކޮށްފައެވެ.
މޮޅު ކުޅުންތެރިޔާގެ އިނާމު ހަވާލްކޮށްދެއްވީ މި މެޗްގެ ޝަރަފްވެރި މެހުމާނު، މަޝްހޫރު ވޮލީ ކޯޗް ސަތޯ އެވެ.

ރޭގެދެވަނަ މެޗް: އައިލެންޑް ކިންގު / އެފްސީ ވޮރިއާސް
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އައިލެންޑް ކިންގުއާއި އެފްސީ ވޮރިއާސްއެވެ. މި މެޗް 5-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އައިލެންޑް ކިންގުއެވެ. މި މެޗުގައި އައިލެންޑް ކިންގުގެ ސްޓްރައިކަރ އަލްކު ވަނީ ފާހަގަކޮށްލެވޭ ޕަރފޯމަންސްއެއް ދައްކާފައެވެ. އެގޮތުން އަލްކު އެކަނި ވަނީ ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދީފައެވެ. އައިލެންޑް ކިންގުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިއްބެއެވެ.
އެފްސީ ވޮރިއާސްގެ ފަރާތުން ކާމިޔާބުކުރި 2 ލަނޑުގެ ތެރެއިން އެއް ލަނޑު ނާކާ ކާމިޔާބުކޮށްދިން އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މީސަމްެވެ.
މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިލެންޑް ކިންގުއަށް 4 ގޯލް ކާމިޔާބުކޮށްދިން އަލްކުއެވެ. އަލްކުއަކީ މިނިވަން ދުވަހާއި ގުޅިގެން ހުޅުދޫގައި ބޭއްވި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އަލްކުގެ ހަލުވި ދުވުމާއި ބޯޅަ ކޮންޓްރޯލްކުރުމުގެ ހުނަރުގެ ސަބަބުން ގިނަ ބަޔަކު ތަޢުރީފުކުރާ ކުޅުންތެރިއަކަށް އަލްކުވަނީ ވެފައެވެ.

އަލްކުއަށް އިނާމު ހަވާލުކޮށްދެއްވީ މި މެޗްގެ ޝަރަފްވެރި މެހުމާނު، ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްއެވެ.
ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި މިރޭވެސް ދެމެޗް ކުޅެވޭނެއެވެ.
މި މުބާރާތަކީ ކުރީގެ ފުޓްސަލް ކުޅުންތެރިއެއް ކަމަށްވާ މުންގީގެ ހަނދާނުގައި ބާއްވާ މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

