މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ހަވާ އެރުވުން މިރޭ 20:15 ގައި މީދޫ ބަނދަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ ވިދާޅުވިގޮތުގައި، މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަވާ އެރުވުމުގެ ހަރަކާތް ބަލާލުމަށް މީދޫއާއި ހުޅުދޫގެ ވީހާވެސްގިނަ އަދަދެއްގެ ރައްޔިތުން ހާޒިރު ވުމަކީ މީދޫ އަވަށު އޮފީހުގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
ހަވާ އެރުވުމުގެ ހަރަކާތް ނިމިގެން މިރޭ 21:00 ގައި މީދޫ މޫސާގެ ފަންނު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ ވިދާޅުވިއެވެ .މާނާ ވިދާޅުވީ ހަވާއެރުން ބޭއްވެނީ ސިޓީކައުންސިލާއި ހެޔޮއެދޭ ވަރަށްގިނަފަރާތްތަކެއްގެ ދީލަތި އެހީލިބިގެންކަމަށެވެ.
"މޫސާގެ ފަންނު ހުޅުވުމުގެ ރަސްމިއްޔާތަށް އެސަރަހައްދުގެ މީހުން ވަރަށް ބޮޑަށް ތައްޔާރުރުކުރަމުން އެބަދޭ. މި ފަންނަކީ މީދޫ އަވަށުއޮފީހުގެ އެހީތެރިކަމާއެކު އެސަރަހައްދުގެ މީހުން ތައްޔާރުކުރި މައިޒާނެއް " މާނާ ވިދާޅުވިއެވެ.
މީގެ އިތުރަށް މީދޫގައި މިނިވަން ދުވަހާއި ގުޅިގެން "ގަންބުރި ކަޕް" ނަމުގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްވެސް މިމަހުގެ 27 ވަނަ ދުވަހުގެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވޭނީ މީދޫ ޓާފް ދަނޑުގައެވެ. އަދި މީގެ އިތުރަށް މިނިވަން ދުވަހާއިގުޅިގެން ސްކޫލް ކުދީންގެ ޕެރޭޑް ބަހާއުއްދީންމަގައި މިމަހުގެ 28 ވަނަ ދުވަހު 16:00 އިން 18:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތަފާތު އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

