ބުރާސްފަތި މެންދުރުގެ ވަގުތެއްގައި ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން، މީދޫގެ ރާފަފަޅާ ސަރަހައްދުން ފެށިގެން ޖިއޯބޭގް ޖެހި ސަރަހައްދާ ހަމައަށް ވަރަށް ބޮޑަށް އުދައަރައި، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ފެންހިންދުމަށް ބަހައްޓާފައިވާ ދެ ޕަންޕު ސްޓޭޝަނަށް ވެސް ލޮނު ވަދެފައިވާ ކަމަށް ވަނީ އެނގިފައެވެ. އަދި ކަޅިބިތް ފަރާތުން ބޮޑު ބައެއް ވަނީ ގިރާލައިގެން ގޮސްފައެވެ.
އަދި އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކުގައި ވަރަށް ބޮޑަށް ލޮނުގަނޑު އުފެދި ވެހިކަލް ތަކުގައި އެމަގުތަކުން ދަތުރުކުރަން އުދަގޫވާރަށް ލޮނުގަޑު ބޮޑުވެފައި އޮތެވެ.
މީދޫ ދަނޑު ބިން ސަރަހައްދުތަކަށް އުދައަރާފައި
އަދި މީގެއިތުރަށް ކަޅިބިތް ފަރާތު ގޮޑުދޮއް ގިރާ މަންޒަރު ދައްކުވައި ދޭ މާޔޫސް ކުރުވަނިވި މަންޒަރުތައް ހިމެނޭ ބައެއް ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.
އަހަރެމެންގެ ވެށީގެ ހިމާޔަތުގައި ކެނޑިނޭޅި ވަކާލާތު ކުރައްވާ، އެތައްބަޔަކު މީދޫގެ ކަޅިބިތްފަރާތް އާދަޔާއި ހިލާފަށް ގިރާ ހުސްވަމުންދާތީ އެކަމާ ކަންބޮޑުވެ އެވާހަކަ ދައްކަމުންދާކަން ފާހަގަ ކުރެވިފައިވެއެވެ.


ބުރާސްފަތި މެންދުރުގެ ވަގުތެއްގައި ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުންންއަށް މީދުއަށް ބޮޑަށް އުދައެރި




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

