އައްޑޫ ސިޓީ މީދޫއަށް ވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް، މީދޫ ފަޅުތެރެއަށް ބަންޑުން ޖަހާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
"އިރުވެލި" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި އިރު އޭގައި ދަތުރުކުރަމުން ދިޔައީ ދެ ބިދޭސީންނެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ ވެލި ބަރުކޮށްގެން މީދުއަށް ދަތުރު ކުރަމުންދަނިކޮށް މެންދުރު އައި ވިލާގަނޑެއްގައި މޫސުން ގޯސްވެ ވައިބާރު ވުމުގެ ސަބަބުންނެވެ.
ބަންޑުން ޖަހާލި ދޯނިން ދަތުރުކުރި ދެ ބިދޭސީން ސަލާމަތް ކޮށްފައިވަނީ އެސަރަހައްދުން ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ލޯންޗަކަށް އެމީހުން ފެނިގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިހާރު ދޯނީގެ ވެރިފަރާތުން ވަނީ އަޑިޔަށް ދިޔަ ދޯނި ނެގުމުގެ މަސައްކަތް ފަށާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

