ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި ނަލަފެހި ޖަމްޢިއްޔާއާ ގުޅިގެން " ގްރޯވިތުއުރީދޫ " މިޝިއާރުގެ ދަށުން ރުއް ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް އައްޑޫސިޓީ މީދޫގައި ކުރިއަށްގެންގޮސްފިއެވެ.
އުރީދޫގެ ފަން ރަން ޙަރަކާތްތައް އައްޑޫ ސިޓީގައި ބޭއްވުމަށްޓަކައި އައްޑޫއަށް ވަޑައިގެންނެވި އުރީދޫގެ ބައެއް އިސް ބޭފުޅުން 28 ޖޫން 2025 ވަނަ ދުވަހު މީދޫއަށް ވަޑައިގެން ނަލަފެހި ޖަމްޢިއްޔާގެ މެންބަރުންނާއެކު ރުއް ގަސް އިންދުމުގެ މިޚާއްސަ ހަރަކާތް ކުރިއަށް ގެންގޮސްފިއިވަނީ މީދޫ " ގަނޑޮވަރި ފަންނު " ސަރަހައްދުތަކުގައި ތައްޔާރުކުރެވިފައިހުރި ޕަމްޕުސްޓޭޝަންކައިރީގައެވެ.
ގަސް އިންދުމުގެ ހަރަކާތް ނިންމަލާލުމަށްފަހު މީދޫއަށް ވަޑައިގެންނެވި އުރީދޫގެ ޓީމުން ވަނީ މީދޫގައި ނަލަފެހިން ތައްޔާރުކޮށްފައިހުރި ބައެއްތަންތަނަށް ޒިޔާރަތްކޮށް އެތަންތަން ބައްލަވާފައެވެ.
އުރީދޫ މޯލްޑިވްސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިންދުމުގެ ހަރަކާތަށް އުރީދޫ މޯލްޑިވްސްގެ ބޭފުޅުން މީދުއަށް ވަޑައިގަންވާފައިވަނީ ޒުވާން ދަނޑުވެރިޔާ ރަމްޒީ މެދުވެރިވެންނެވެ.
ރަމްޒީއަކީ މީދޫގައި ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޒުވާނެކެވެ. އަދި ރަމްޒީ ކުރައްވަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ އެކި ފަރާތްތަކުން ފާހަގަކުރައްވާ މަސައްކަތްތަކެކެވެ.
ގަސްއިންދުމުގެ މިހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެން ނިޔާޒާއި ބައެއް އެހެނިހެން އިސް ބޭފުޅުންގެ އިތުރުން، މީދޫ ކައުންސިލަރު އާމިނަތު ސޯލިހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގަސްއިންދުމުގެ މި ޕްރޮގްރާމާއި ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށާއި، ކުންފުނިތަކާއި ޖަމްޢިއްޔާތައް ގުޅިގެން މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
ނަލަފެހި ޖަމްޢިއްޔާއަކީ 2017 ވަނަ އަހަރު އުފެދުނު، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން މީދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކޮމިއުނިޓީ ޕާކް ތައްޔާރުކުރުމުގެ މަސައްކަތަކީ ޖަމްޢިއްޔާއިން ފަހަކަށްއައިސް އެންމެ ބޮޑު އިސްކަމެއް ދެމުންދާ މަޝްރޫޢެވެ.
ނަލަފެހި ޖަމްޢިއްޔާގެ ފައުންޑަރ މެމްބަރު މުހައްމަދު ކާމިލް ( ގާރީ ) ގަސްއިންދުމުގެ މިޕްރޮގްރާމާއި ގުޅިގެން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުރީދޫއިން ގަސްގަހާގެހި އިންދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް އުފާވި ކަމެއްކަމުގައި ވިދާޅުވިއެވެ. ގާރީ ވިދާޅުވީ ނަލަފެހިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަން ދީގެން ކުރަމުންދާ މަސައްކަތަކީ ކޮމިއުނިޓީ ޕާކް ނިންމުމުގެ މަސައްކަތްކަމުގައި ވިދާޅުވަމުން ގާރީ ވިދާޅުވީ މިޕާކަކީ މީދޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ޖަމްޢިއްޔާއިން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށެވެ.
ނަލަފެހީގެ ސެކްރެޓަރީ ސަޖާޔާ ވިދާޅުވި ގޮތުގައި، ކޮމިއުނިޓީ ޕާކަކީ ރަށަށް ޒިޔާރަތްކުރާ މީހުންނާއި ރަށުގެ ރައްޔިތުން އެއްވެ، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް ޑިޒައިންކުރެވިގެން ތައްޔާރުކުރަމުންދާ ޕާކެއްކަމަށެވެ. ޕާކުގައި ކުޑަކުދިންނަށް ކުޅެން ޖާގަ ހުންނާނެކަމަށާ އަދި ބޮޑެތި މީހުންނަށް އިށީނދެ އަރާމުކުރެވޭނެ ގޮތަށް ގޮނޑިތައް ބެހެއްޓިފައި ހުންނާނެކަމަށްވެސް ސަޖާޔާ ވިދާޅުވިއެވެ.
އުރީދޫއާއި ނަލަފެހި ޖަމްޢިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ގަސް އިންދުމުގެ ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ހަރަކާތެކެވެ. މިފަދަ ހަރަކާތްތައް އިތުރުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވެގެންދާނެ ބޮޑު ބާރެކެވެ. ކުންފުނިތަކާއި ޖަމްޢިއްޔާތައް ގުޅިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަކަށް ވެސް ފައިދާކުރާނެ ކަމެކެވެ.
ތިރީގައި އެވަނީ އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތުގެ ތެރެއިން ނެގިފައިވާ ފޮޓޯތައް- ފޮޓޯ – އުރީދޫ



އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ
އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ
އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ
އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ
އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ
އުރީދޫ މޯލްޑިސްއާއި ނަލަފެހި ގުޅިގެން މީދޫގައި ބޭއްވުނު ގަސްއިދުމުގެ ހަރަކާތް - ފޮޓޯ – އުރީދޫ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

