ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ހުޅުމީދޫބްރާންޗުން ، ހުޅުމީދޫގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ހުޅުމީދޫ ބްރާންޗްގެ ހަސަންދީދީ ފައްޓަވައިދެއްވި މި ހަފްލާ ތަޢާރަފުކޮށްދެއްވާފައިވަނީ ހުޅުމީދޫ ބްރާންޗްގެ ސަހާ އާއި އަނާއެވެ.
މިހަފްލާގައި ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ އަޝްރަފު އާއި ޝަރަފުވެރި މެހުމާނު އާމިނަތު ސޯލިހާ ވާހަކަފުޅު ދެއްކެވިއެވެ.
މިހަފްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހުޅުމީދޫ ބްރާންޗްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުހައްމަދު ވަހީދު ، އިބްރާހިމް ނިޒާމް، ޢަބްދުﷲ މަނިކުފާނު، މުޙައްމަދު ނާޝިދު އަދި ހަސަން ސަޢީދަށް ޝަރަފުވެރި މެހުމާނު އަތްޕުޅުން ސެޓްފިކެޓް ހަވާލުކޮށްދެއްވުމެވެ.
މިހަފްލާގައި ޝުކުރު އަދާކުރުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި އެސިސްޓެންޓް މެނޭޖަރ ނާހިދާ ވިދާޅުވީ، މި ހަފްލާ މިހާ ފުރިހަމައަށް ބޭއްވުމުގައި ހެޔޮއެދޭ ގިނަފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ނަން ހާމަކޮށް އެފަރާތްތަކަށް ޝުކުރު ދެންނެވިއެވެ. ވަކިން ޚާއްސަކޮށް ޑިރެކްޓަރ އަޝްރަފް އަދި ޑެޕިއުޓީ ޑިރެކްޓަރ ޝާފީކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް އެދެބޭފުޅުންގެ ޚާއްސަ ޝުކުރެއް ދެންނެވިއެވެ.
މި ހަފްލާގައި މީދޫ ކައުންސިލްގެ އިތުރުން، ހުޅުދޫ ކައުންސިލަރު ފައިޒު، މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ ނަޒީރު، ވެމްކޯގެ މެނޭޖަރ ޟިރާރު އަދި ވިނަވީގެ ޑިރެކްޓަރ ސިޔާދުއާއި ސިއްހީމަރުކަޒު ހިންގުމާއި ހަވާލްވެ ހުންނެވި ސާވީވެސް މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ހުޅުމީދޫ އިންޖީނުގޭގައި ކުރިން މަސައްކަތްކުރެއްވި ބައެއް ބޭފުޅުންވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ތިރީގައި އެވަނީ ފެނަކަ ހުޅުމީދޫ ބްރާންޗް އިން ބޭއްވި އަހަރީ ދުވަހުގެ ރަސްމިއްޔާތުގެތެރެއިން ނެގިފައިވާ ފޮޓޯތައް




















ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

