ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލު ކުރައްވައިފިއެވެ. ރުކުމާ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލުކޮށްފައިވަނީ ވެމްކޯގެ ޑީއެމްޑީގެ މަގާމުގައި ހުންނަވަނިކޮށެވެ.
މޯލްޑިވް ގޭސްގެ ޑީއެމްޑީ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 23ގައެވެ.
Advertisement
ރުކުމާ ސިޔާސީ މަސައްކަތަށް ނުކުންނެވީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް ވެވަޑައިގެންނެވި ހިސާބުންނެވެ. އަދި މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި އޭނާ އެ ޕާޓީން ވަކިވެ، ޕީޕީއެމާ ގުޅުނީ ރައީސް ސާލިހުގެ ވެރިކަމުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

