ސ. ހުޅުދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ވެލި ނުލިބިގެން ހުއްޓިފައިވާ ކަމަށްބުނެ ރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމީދޫ ޕަބްލިކް ވޯކްސް އިމާރާތް ހުރި ގޯތިތެރޭގައި އިމާރާތްކުރަމުންދިޔަ މި މިސްކިތުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ހު އްޓިފައެވެ.
މި މަސައްކަތް ހުއްޓުމުގެ މައިގަނޑު ސަބަބަކީ މިސްކިތް އިމާރާތްކުރާ ސަރަޙައްދުގައި ހުރި ގަބުރުތައް ވެއްޔާއެކު ކޮނެގެން ނެގުމަށްފަހު، އަލުން އެތަނަށް ވެލިއަޅައި ބިން އެއްވަރުކުރުމަށް ބޭނުންވާ ވެލި ހުޅުދޫ ކައުންސިލް އިދާރާއިން ހަމަޖައްސައި ނުދިނުން ކަމަށް މަޝްރޫޢުއާ ގުޅުންހުރި ފަރާތްތަކުން މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ.
" އަޅުގަނޑުމެން މިސްކިތުގެ ބިންގާ އެޅުމަށްޓަކައި އެސަރަހައްދު ކޮނުމުން ގަބުރުތައް ފެނުނު ، ދެން އެކަން ކައުންސިލަށާ މިނިސްޓްރީއަށް ރިޕޯޓް ކުރިން ، ކައުންސިލުން ބުނީ ގަބުރުތައް ވެއްޔާއެކު ނަގައި، ޝަރުޢީ ހަމަތަކުގެ މަތިން އެހެން ތަނަކަށް ބަދަލުކުރަން ، އެކަން ކުރިން ، ދެން އަލުން އެތަނުގެ ބިން އެއްވަރުކުރުމަށް ބޭނުންވާ ވެލި ހަމަޖައްސައިދޭނެކަމަށްވެސް ކައުންސިލުން ބުނި، އެކަމަކު އަލުން ބިން އެއްވަރުކުރުމަށް ބޭނުންވާ ވެލި ކައުންސިލުން އަދިވެސް ހަމަޖައްސައިނުދޭ. އެއްދުވަހު ކޮންމެވެސް ވަރަށް ވެލިގެނެސް ދިން ، އޭގެ ފަހުން ޚަބަރެއް ނުވޭ . އެހެންކަމުން މިސްކިތުގެ މަސައްކަތް ވަނީ ހުއްޓިފައި . މީގެ ސަބަބު މިސްކިތުގެ މަސައްކަތައް ގެނެސްފައިހުރި ގިނަ އަދަދެއްގެ ސިމިންތި ގާވެ ހަލާކުވެއްޖެ . މިކަމުގެ ސަބަބުން އަޅުގަޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ "
މިސްކިތުގެ މަސައްކަތް ކުރަމުންދިޔަ ކޮންޓްރެކްޓަރ، އެލް.އެފް ކޮންސްޓްރަކްޝްނަ ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ ލަޠީފް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އަޙްމަދު ލަތީލް އިތުރަށް ވިދާޅުވީ މަސައްކަތް ހުއްޓިފައިވަނީ ހަމައެކަނި ވެލި ނުލިބުމުގެ ސަބަބުންކަމަށާ އެހެންކަމުން މިސްކިތުގެ މަސައްކަތް ހުޅުމީދުއަށް ގެންދިޔަ އެންމެވެސް މަސައްކަތް ކުރިއަށް ނުގެންދެވޭތީ ހުޅުމީދުން ފުރުވާލާފައިވާކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ހުޅުދޫ ކައުންސިލް އިދާރާގެ ބޭފުޅަކަށް ގުޅުމުން ވިދާޅުވީ މިސްކިތުގެ މަސައްކަތަށް ވެލި ފޯރުކޮށްދިނުމުގެ ޒިންމާ ކައުންސިލުން ހަވާލް ވެފައިވާކަމަށާ އެކަމަކު ކައުންސިލުން އެކަން މިހާތަނަށް ކޮށްދީފައި ނުވާކަމަށެވެ.
" ކައުންސިލުން އޮތީ ބުނެފައި ގަބުރުތައް ވެއްޔާއެކު ނަގައި، ޝަރުޢީ ހަމަތަކުގެ މަތިން އެހެން ތަނަކަށް ބަދަލުކުރަން ، އެކަން ކުރުމުން ބިން އެއްވަރުކުރުމަށް ބޭނުންވާ ވެލި ކައުންސިލުން ހަމަޖައްސައިދޭނެކަމަށް. ނަން ހާމަކުރަންނޭދޭ ކައުންސިލްގެ ބޭފުޅަކު ވިދާޅުވިއެވެ.
ހުޅުދޫގެ ގިނަ ރައްޔިތުން އެދެނީ ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، މިސްކިތުގެ މަސައްކަތަށް ކައުންސިލުން ކޮށްދޭންޖެހޭ ކަމެއްވާނަމަ އަވަހަށް އެކަމެއްކޮށް ނިންމައިދިނުމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ މިސްކިތް. ސިޔާސީ ކަންކަމުގައި ތަފާތުވުންތައް ހުރިކަމުގައިވިޔަސް، މިސްކިތަކީ އެންމެންނަށް ބޭނުންވާ ތަނެއް. ކައުންސިލާއި ސަރުކާރާ ދެމެދު މައްސަލަ އޮތްކަމުގައިވިޔަސް އެ މަސައްލަ ޙައްލުކޮށް، މިސްކިތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އިލްތިމާސްކުރަން،" ހުޅުދޫ ރައްޔިތެއް ކަމަށްވާ ޝަފީގު ވިދާޅުވިއެވެ.
މި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

