ޖަރުމަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ވަރޑަރ ބްރޭމަން ބަލިކޮށް ޖަރުމަނުގެ ޗެންޕިއަން ބަޔާން މިއުނިކުން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ. .
ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބަޔާން މިއުނިކުން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ތާހުއެވެ.
އަދި ފުރަތަމަ ހާފުގެ 45 ވަނަ މިނިޓްގައި އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ކޭންވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބަޔާން މިއުނިކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ. .
މިމެޗުގައި ބަޔާންއިން ކާމިޔާބުކުރި 4 ވަނަ ލަނޑު 87 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލައިމާއެވެ.
މިމެޗުން ބަޔާން މޮޅުވުމުން އެޓީމުވަނީ މިފަހަރުގެ ލީގުގައި ކުޅުނު ފަސްމެޗުން މޮޅުވެ 15 ޕޮއިންޓް ހޯދާދައިގެން ޓޭބަލްގެ އެއްވަނާގައެވެ. މިމެޗުން ބަލިވި ވަރޑަރ ބްރޭމަން އަށް ފަސްމެޗުން 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ޓޭބަލްގެ 14 ވަނާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

