އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް ”އެންމް ފިނި ހިޓާޗީ ޑީލް“ ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އޭސީތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
އެގޮތުން މި ކޫޕަން ބޭނުން ކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.
”އެ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް ލިބިގެންދާނެ“ އެސްޓީއޯ އިން ބުނެފައި ވެއެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކަމަށެވެ.
މި ޕްރޮމޯޝަން ފަށާފައި ވަނީ 11 ސެޕްޓެމްބަރ 2025 ވީ ބުރާސްފަތި ދުވަހުއެވެ. އަދި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޯބަރ 2025 އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 މަހުގެ މުއްދަތަކަށް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

