ވޮލީބޯލް ނޭޝަންސް ލީގު (ވީ.އެން.އެލް) 2026 ގެ ފިރިހެނުންގެ ފައިނަލުން ޕޮލެންޑް ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ސްލޮވީނިއާގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައިގެންނެވެ.
މިމެޗް ސީދާ ތިން ސެޓުން ޕޮލެންޑް މި މެޗު ކާމިޔާބުކުރީ 25-16، 25-19 އަދި 25-17 ގެ ނަތީޖާއަކުންނެވެ.
Advertisement
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޮލެންޑް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޖަޕާނާއި އެމެރިކާ ބައްދަލުކުރާ ފޯރިގަދަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ. ރަން މެޑަލް ކަށަވަރުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު، އޯގަސްޓް 2 ގައެވެ.
ކުޅިވަރުގެ ދުނިޔެ މިހާރު އިންތިޒާރު ކުރަމުންދަނީ ޕޮލެންޑުން އެމީހުންގެ ތަށި ދިފާއުކުރާނެތޯ ނުވަތަ އާ ޗެމްޕިއަނަކު ފެނިގެންދާނެތޯ ބެލުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

