މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން އަޟްހާއީދުގެ މުނާސަބަތުގައި ބާއްވާ ވާދެމުގެ މުބާރާތް ރޭ މީދޫގައި ފަށައިފިއެވެ. 5 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ އެމްޓީސީސީ، ފެނަކަ، ހަނދުވަރު ޓީމް، ވިލުނު އަދި އީޓީއެފްއޭ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އީޓީއެފްއޭ އާއި ވިލުނު ބައްދަލުކުރިއެވެ. މި މެޗް ސީދާ ދެދެމުމުން ކާމިޔާބުކުރީ އީޓީއެފްއޭ އިންނެވެ. ދެވަނަ މެޗުގައި ފެނަކަ އާއި އެމްޓީސީސީ ބައްދަލުކުރިއެވެ. މި މެޗްވެސް ސީދާ ދެމުން ކާމިޔާބުކުރީ އެމްޓީސީސީ އިންނެވެ. ތިންވަނަ މެޗުގައި ހަނދުވަރާއި ވިލުނު ބައްދަލުކުރިއެވެ. މި މެޗްވެސް ސީދާ ދެމުން ކާމިޔާބުކުރީ ވިލުނު އިންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ އަޟްހާއީދުގެ މުނާސަބަތުގައި މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން އީދުގެ އުފާވެރިކަން އިތުރުވެ، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
މީގެ އިތުރަށް އީދުގެ މުނާސަބާގައި މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ސަގާފީ ޕެރޭޑް އިއްޔެ ހަވީރު މީދޫގެ ބޮޑެތި މަގުތަކުގައި ވަނީ ބޭއްވިފައެވެ.
ޢީދު ކުޅިވަރުތައް މީދޫގައި ފެށުމުގެ ގޮތުން ރޯކޮށްލުމަށް ތައްޔާރުކުރި އީދު މަޅިއާއި އީދު މުބާރަކުގެ އަކުރު އިއްޔެރޭ ( 5 ޖޫން 2025 ވަނަ ދުވަހުގެރޭ ) ރޯކޮށް ފައިވާއިރު ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން މީދޫ ކުޑަކުދީންގެ ޕާކްގައިވަނީ ބޭއްވިފައެވެ. އަދި ނަމާދަށްފަހު މީދޫ ރަށްޔިތުންނަށާ މީދޫގައި އުޅޭ ހުރިހާ އެންމެންނަށް ތައްޔާރކޮށްގެން ބޭއްވުނު އީދު ސައި މީދޫ ބަނދަރު ސަރަހައްދުގައިވަނީ ބޭއްވިފައެވެ. މިހުރިހާ ހަރަކާތްތަކުގައިވެސް ރަށުގެ ކުދިބޮޑު ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް