ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫސިޓީ މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫމީދޫ މިނިވަން އުފާ 2026" ގެ ކުޅިވަރުތަކާއި ތަފާތު އެކި ހަރަކާތްތައް މާދަމާ، 24 ޖުލައި 2026 ވާ ހުކުރު ދުވަހު ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްދާނީ ފެތުމުގެ މުބާރާތެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ގައި މީދޫ ސްވިމިންގ ޓްރެކް ސަރަހައްދުގައެވެ. މީގެ އިތުރުން، މާދަމާ ހަވީރު 16:00 ގައި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ "އާއިލީ ހަވީރު" ބީވާ ޓާފްގައި ކުރިއަށްދާނެއެވެ.
މާދަމާ ރޭގަނޑުގެ ވަގުތުތަކަށް ބަލާއިރު، ކުޅިވަރުގެ ފޯރިގަދަ ހޭންޑްބޯލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައި ފިށިމަތި ޓާފް ދަނޑުގައެވެ.
މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން މީދޫގައި ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ޖުމްލަ 5 ދުވަހުގެ މުއްދަތަށް ބަހާލައިގެން، ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި އުފާވެރި މާހައުލެއް ގާއިމުކުރުމަށް ރޭވިފައިވާ ތަފާތު ގިނަ ކުޅިވަރުތަކެއް ހިމެނޭ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

