2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެންމެ ގިނަ ގައުމުތަކުގައި ބާއްވާ، އެންމެ ގިނަ މެޗުތައް ކުޅޭ އަދި އެންމެ ބޮޑު ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މުބާރާތުގެ ގޮތުގައި މިހާރުވެސް ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް އެންމެ ފުޅާދާއިރާއެއްގައި ބާއްވާ މުބާރާތެވެ. ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން ގައުމެއްގައި (ކެނެޑާ، މެކްސިކޯ އަދި އެމެރިކާ) މި މުބާރާތް ބާއްވާއިރު، 16 ސިޓީއެއްގައި ޖުމްލަ 104 މެޗު ކުޅެވޭނެއެވެ. ކުރިން 32 ޓީމު ވާދަކުރި ނަމަވެސް، މި ފަހަރު 48 ޓީމު މުބާރާތުގައި ބައިވެރިވާނެއެވެ.
ފީފާއިން ހާމަކުރާ ގޮތުގައި، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ގާއިމުކުރި 3.5 މިލިއަން ބެލުންތެރިންގެ ރެކޯޑު މި މުބާރާތުގައި މުގުރާލެވޭނެއެވެ.
މި މުބާރާތަށް އިންތިޒާރު ކުރަމުންދާއިރު، ވޯލްޑް ކަޕްގެ ތާރީޚީ މުހިންމު ތަފާސްހިސާބުތަކަށް ބަލާލާފައެވެ.
އެންމެ ގިނަ ތަށި ހޯދީ ކޮން ބައެއް؟
ބްރެޒިލް (1958، 1962، 1970، 1994 އަދި 2002)
ބްރެޒިލަކީ ފަސް ފަހަރު ތަށި ހޯދައިގެން އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދާފައިވާ ގައުމެވެ. އަދި 1930 އިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކުރި ހަމައެކަނި ގައުމަކީވެސް ބްރެޒިލްއެވެ.
ޖަރުމަނާއި އިޓަލީ ކޮންމެ ގައުމަކުން ހަތަރު ތަށި ހޯދާފައިވާއިރު، އިޓަލީއަށް މި ފަހަރުގެ މުބާރާތުން ފުރުސަތު ގެއްލުމާއެކު، ޖަރުމަނަށް ވަނީ ބްރެޒިލްގެ ރެކޯޑާ އަރާ ހަމަކުރުމުގެ ފުރުސަތު ލިބިފައެވެ.
ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ބްރެޒިލްގެ ލެޖެންޑް ޕެލޭއަކީ ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހީ ކޮން ކުޅުންތެރިއެއް؟
މިރޮސްލާވް ކްލޯސޭ (16 ލަނޑު)
ޖަރުމަނުގެ ކްލޯސޭ ވަނީ ހަތަރު ވޯލްޑް ކަޕެއްގައި ކުޅުނު 24 މެޗުން 16 ލަނޑު ޖަހައިގެން މި ރެކޯޑު ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނޭ މުހިންމު ކުޅުންތެރިންނަކީ:
ރޮނާލްޑޯ (ބްރެޒިލް) – 15 ލަނޑު
ގާޑް މުލާ (ވެސްޓް ޖާމަނީ) – 14 ލަނޑު
ޖަސްޓް ފޮންޓެއިން (ފްރާންސް) – 13 ލަނޑު (އެއް މުބާރާތަކުން)
ލިއޮނަލް މެސީ (އާޖެންޓީނާ) – 13 ލަނޑު
ކީލިއަން އެމްބާޕޭ (ފްރާންސް) – 12 ލަނޑު
ޕެލޭ (ބްރެޒިލް) – 12 ލަނޑު
އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ:
ޖަސްޓް ފޮންޓެއިން (13 ލަނޑު)
ފްރާންސްގެ ފޮންޓެއިން ވަނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ 6 މެޗުގައި 13 ލަނޑު ޖަހައި ހައިރާންކުރުވަނިވި ރެކޯޑެއް ގާއިމުކޮށްފައެވެ.
2026 ގެ ވޯލްޑް ކަޕްގެ އެންމެ ހަގު ކުޅުންތެރިޔާ:
ގިލްބާޓޯ މޯރާ (17 އަހަރާއި 240 ދުވަސް)
މެކްސިކޯގެ މޯރާއަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާވެސް މެއެވެ. މި މުބާރާތުގައި 20 އަހަރުން ދަށުގެ 22 ކުޅުންތެރިން ބައިވެރިވެއެވެ.
2026 ގެ ވޯލްޑް ކަޕްގެ އެންމެ ދޮށީ ކުޅުންތެރިޔާ:
ކްރެއިގް ގޯޑަން (43 އަހަރާއި 162 ދުވަސް)
މިއީ ސްކޮޓްލޭންޑްގެ ގޯޑަންގެ ފުރަތަމަ ވޯލްޑް ކަޕެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުނު އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑު އަދިވެސް އޮތީ މިސްރުގެ ގޯލްކީޕަރު އެސާމް އަލް ހަޟަރީ (45 އަހަރު) އަތުގައެވެ.
މި މުބާރާތުގައި 40 އަހަރުން މަތީގެ 7 ކުޅުންތެރިން ފެންނާނެއެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، މެނުއަލް ނޯޔާ އަދި ލޫކާ މޮޑްރިޗް ހިމެނެއެވެ.
އަލަށް ވާދަކުރާ ޓީމުތައް:
މި ފަހަރުގެ މުބާރާތުގައި އަލަށް ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ކޭޕް ވާޑް، އުޒްބެކިސްތާން، އުރުދުން އަދި ކިއުރަސާއޯ އެވެ.
އެންމެ މުއްސަނދި ކުޅުންތެރިޔާ: ކްރިސްޓިއާނޯ ރޮނާލްޑޯ (1.4 ބިލިއަން ޑޮލަރު)
ފޯބްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އެތުލީޓެވެ.
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ:
ލިއޮނަލް މެސީ (26 މެޗު)
މެސީ ވަނީ ފަސް މުބާރާތެއްގައި ޖުމްލަ 26 މެޗު ކުޅެފައެވެ.
އެންމެ ހަގު އަދި އެންމެ ދޮށީ ސްކޮޑު:
އެންމެ ހަގު ސްކޮޑު:
އައިވަރީ ކޯސްޓް (އެވްރެޖް އުމުރު: 25.48 އަހަރު)
އެންމެ ދޮށީ ސްކޮޑު:
ކޮލަމްބިއާ (އެވްރެޖް އުމުރު: 29.98 އަހަރު)
ފައިސާގެ އިނާމު:
ފީފާއިން ވަނީ މި ފަހަރުގެ މުބާރާތަށް ރެކޯޑު އަދަދެއް ކަމަށްވާ 727 މިލިއަން ޑޮލަރުގެ އިނާމު ފަންޑެއް ކަނޑައަޅާފައެވެ. މުބާރާތް ކާމިޔާބުކުރާ ޓީމަށް 50 މިލިއަން ޑޮލަރު ލިބޭނެއެވެ.
އެންމެ ކުޑަ ގައުމު:
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ ކުޑަ ގައުމަކީ ކިއުރަސާއޯ (158،000 މީހުން) އެވެ. މިއީ ވޯލްޑް ކަޕަށް ކޮލިފައިވި ތާރީޚީ އެންމެ ކުޑަ ގައުމުވެސް މެއެވެ.
އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ ކްލަބު:
މެންޗެސްޓަރ ސިޓީ (19 ކުޅުންތެރިން)
ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

