2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އައިވަރީ ކޯސްޓުން 2-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، މުބާރާތުގެ ފޭވަރިޓުންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އަމަދު ޑިއާލޯ ކާމިޔާބުކޮށްދިން ލަނޑާއެކު އައިވަރީ ކޯސްޓުން މި މެޗު ކާމިޔާބުކުރިއިރު، މިއީ ފްރާންސަށް ކުރިމަތިވި ހައިރާންކުރުވަނިވި ނަތީޖާއެކެވެ.
ނަމަވެސް، ވޯލްޑް ކަޕަށް ފްރާންސް އޮތީ ތައްޔާރަށްތޯ އުފެދުނު ސުވާލުތަކަށް އެ ޓީމުން ވަނީ ރައްދުދީފައެވެ. ފްރާންސުން ބުނާ ގޮތުގައި މި ބައްޔަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ މުބާރާތުގެ ކުރިން ލިބުނު މުހިންމު ހަނދާންކޮށްދިނުމެކެވެ.
ފްރާންސްގެ ނޯންޓްސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނިޓްގައި ރަޔާން ޗެރްކީ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ޑިޑިއޭ ޑެޝޯމްޕްގެ ޓީމުން ކުރިހޯދިއެވެ.
ނަމަވެސް ދެވަނަ ހާފުގައި އައިވަރީ ކޯސްޓުގެ ގުއޭލާ ޑޫއޭ އަދި އަމަދު ޑިއާލޯ ޖެހި ލަނޑުތަކާއެކު "އެލެފެންޓްސް" އިން މެޗުގެ ނަތީޖާ އަނބުރާލިއެވެ.
![އައިވަރީ ކޯސްޓްގެ ޑިފެންޑަރު ގުއެލާ ޑޫއު ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ ފޮޓޯ : [ލޮއިކް ވެނަންސް/އޭއެފްޕީ]](http://voiceofmeedhoo.com/wp-content/uploads/2026/06/Screenshot_6-6-2026_05930_www.aljazeera.com_.jpeg)
"ބަލިވުމަކީ ދެރަ ކަމެއް، އެކަމަކު މިއީ ތައްޔާރުވުމުގެ މަރުހަލާއެއް. އަހަރެމެންގެ އިތުބާރު އެބައޮތް،"
ޗުއަމެނީ ބުންޏެވެ.
"މި މެޗުން މޮޅުވި ނަމަވެސް ވަކި ނަތީޖާއެއް ނެރެވޭކަށް ނެތް. އަހަރެމެން ތިބޭނީ ތައްޔާރަށް."
ޗުއަމެނީ ބުންޏެވެ.
މި މެޗުގައި ފްރާންސުން ނެރުނީ ތަޖުރިބާކުރުމުގެ ގޮތުން އެކުލަވާލި ޓީމެކެވެ. މިދިޔަ ހަފުތާ ބަންދުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީގެ ގިނަ ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދީފައިވާއިރު، ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ވެސް ގެނައެވެ.
ޑިފެންޑަރު ލޫކަސް ހަނާންޑޭޒް ވެސް ވަނީ މި ބަލިވުމުގެ މާ ބޮޑު ސީރިއަސްކަމެއް ނެތް ކަމަށް ބުނެފައެވެ.
"އަހަރެމެން އަބަދުވެސް ބޭނުންވަނީ މޮޅުވާން. އެކަމަކު މިއީ ތައްޔާރުވުމުގެ މަރުހަލާއެއް، އަދި ގިނަ ބަދަލުތަކެއް ވެސް ފެނިގެންދިޔަ. އަހަރެމެން ތިބީ ރަނގަޅު ރޫހެއްގައި،"
އޭނާ ބުންޏެވެ.
ކޯޗު ޑެޝޯމްޕް ގަބޫލުކުރި ގޮތުގައި ފުރަތަމަ 45 މިނެޓުގައި ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ފަހުން މެޗުގެ ކޮންޓްރޯލް ގެއްލުނެވެ. އަދި އެމެރިކާގައި ބާއްވާ މުބާރާތުގައި އައިވަރީ ކޯސްޓް ފަދަ ހަލުވި ޓީމުތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އޭނާ ދިނެވެ.
"ބަލިވުމަކީ ދުވަހަކުވެސް އުފާވެރި ކަމެއް ނޫން. ފުރަތަމަ ހާފުގައި ރަނގަޅު ކަންތައްތަކެއް ކުރެވުނު ނަމަވެސް، ދެވަނަ ހާފުގައި ގެނައި ބަދަލުތަކަކީ އުޒުރެއް ނޫން. ދެވަނަ ހާފުގައި އެމީހުންގެ ބާރުމިން މާ ބޮޑު،"
ޑެޝޯމްޕް ބުންޏެވެ.
މީގެ އިތުރުން ކޯޗު ބުނީ މި ނަތީޖާގެ ސަބަބުން ކުޅުންތެރިން މާ ބޮޑަށް ފަހުރުވެރިވެ، ފަރުވާކުޑަވުމުން ސަލާމަތްވެވިދާނެ ކަމަށެވެ.
"މިއީ އަހަރެމެންނަކީ ހީކުރާ ވަރަށް ވުރެ މާ މޮޅު ބައެއް ކަމަށް ހީނުކުރުމަށް ލިބުނު ހަނދާންކޮށްދިނުމެއް،"
.ޑެޝޯމްޕް ބުންޏެވެ.
ފްރާންސުން ލަނޑު ޖެހި ޗެރްކީ ބުނީ މިއީ ކުޑަ އިންޒާރެއް ކަމަށާއި، ފްރާންސް ވޯލްޑް ކަޕަށް ދަނީ ހަމައެކަނި ފޭވަރިޓުންގެ ގޮތުގައި ނޫން ކަމަށާއި، ހުރިހާ ޓީމެއް ބަލިކޮށް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

