1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، އިންގްލެންޑަށް އިތުރު ތައްޓެއް ނުލިބި 60 އަހަރު ފާއިތުވެގެން މިދަނީ ހިތްދަތިކަމާ އެކުގައެވެ. މިފަހަރުގެ މުބާރާތުގައި އިންގްލެންޑަކީ ތަށި ހޯދުމުގެ ފުރުސަތު ބޮޑު ޓީމެއް ކަމަށް ބެލެވުނު ނަމަވެސް، 2026 ގެ މުބާރާތާ އެމީހުން ކުރިމަތިލަނީ އެހާ އުއްމީދީ ޓީމަކާއެކު ނޫންކަމަށް އިގިރޭސި ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައި، 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޔޫރަޕްގެ ޓީމުގެ ޝަރަފު އިންގްލެންޑުން ހޯދީ ބާކީ ދެ މެޗު އޮއްވައެވެ. ނަމަވެސް، އެއީ އެހާ ވަރުގަދަ ގްރޫޕެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި، ހާއްސަކޮށް ސެނެގާލް އަދި ޖަޕާން އަތުން ބަލިވުމުން، ވެމްބްލީ ސްޓޭޑިއަމަށް އެއްވި ސަޕޯޓަރުން ވަނީ ޓީމަށް ފާޑުކިޔައި އަޑުގަދަކޮށްފައެވެ.
މި ހާލަތުގައި، ޖޫޑް ބެލިންހަމް އާއި ހެރީ ކޭން ފަދަ ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުން ކޯޗަށް ނެރެވޭނެތޯ ސުވާލު އުފެދެއެވެ. އަދި އިންގްލެންޑަށް ރަގަޅު ކުޅުމެއް ދެއްކިދާނެތޯއާއި އަދި ކޯޗު ތޯމަސް ޓުޗެލްއަށް އެންމެ ވަރުގަދަ 11 ކުޅުންތެރިން ކަނޑައަޅަން އެނގޭނެތޯބުނެ އިގިރޭސި ބައެއްމީޑިއާތަކުގައިވެސް ސުވާލުއުފައްދާފައިވެއެވެ.

ޓުޗެލްގެ ސްކޮޑް
އިންގްލެންޑުން ކޮލިފައިން މަރުހަލާ ފަސޭހަކަމާއެކު ކަޑައްތުކުރި ނަމަވެސް، ޓީމަށް ނަގާފައިވާ ކުޅުންތެރިންނާއި، ބޮޑެތި ޓީމުތަކާ ދެކޮޅަށް ދައްކަމުންދާ ކުޅުމާމެދު ބައެއް ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖަރުމަނުގެ ކޯޗު ޓުޗެލް ވޯލްޑް ކަޕަށް ނެގި ސްކޮޑާމެދު ގިނަބަޔަކު ހައިރާންވިއެވެ. މުހިންމު ބައެއް ކުޅުންތެރިން ބާކީކޮށް، ގަބޫލުކުރަން ދަތި ބައެއް ނަންތައް ލިސްޓުގައި ހިމެނުމުންނެވެ.
އިނގިރޭސިވިލާތުގެ އެންމެ އުފެއްދުންތެރި ދެ ކުޅުންތެރިން ކަމަށްވާ ޗެލްސީގެ ކޯލް ޕާމާ އާއި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑަން ސްކޮޑުން ބާކީވީ ނިމިދިޔަ ސީޒަނުގައި އެދެވޭ ކުޅުމެއް ނުދެއްކުމުންކަމަށް ޓުޗެލްވަނީ ބުނެފައެވެ. މީގެ އިތުރުން ރެއާލް މެޑްރިޑްގެ ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ހެރީ މެގުއަޔަރ އަށް ވެސް ޓުޗެލްގެ ސްކޮޑުން ވަނީޖާގައެއް ނުލިބުނެވެ.

އޭގެ ބަދަލުގައި، ސައުދީ އަރަބިއްޔާގެ އަލް-އަހްލީއަށް ކުޅޭ އަދި ޓުޗެލްގެ އިރުޝާދުގެ ދަށުން މާ ގިނަ މެޗުތަކެއް ކުޅެފައިނުވާ އިވާން ޓޯނީ ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި ޓޮޓެންހަމްގެ ޖެޑް ސްޕެންސް، ބްރެންޓްފޯޑްގެ 35 އަހަރުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަދި ބަޔާ ލެވަކޫސަންގެ ޑިފެންޑަރު ޖަރެލް ކުއާންސާ ހިމެނުމަކީ ވެސް ބަހުސް އުފެދޭ ކަމެކެވެ. ޖުމްލަ 26 ކުޅުންތެރިންގެ ސްކޮޑުގައި، މީގެ ކުރިން ބޮޑު މުބާރާތެއް ކުޅެފައިނުވާ 9 ކުޅުންތެރިން ހިމެނެއެވެ.
ޓުޗެލްގެ ނިންމުންތަކުގެ ދިފާއުގައި އޭނާ ބުނީ، މުހިންމީ ޓީމުގެ އެއްބައިވަންތަކަން ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެމެންގެ އަމާޒަކީ އެންމެ ހުނަރުވެރި 26 ކުޅުންތެރިން އެއްކުރުމެއް ނޫން، އެކަމަކު އެންމެ ވަރުގަދަ ޓީމެއް ބިނާކުރުން،"
ޓުޗެލް ނޫސްވެރިންނަށް ކިޔައިދިނެވެ.
"މުބާރާތްތައް ކާމިޔާބު ކުރެވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ މުހިންމީ ޓީމުގެ ގުޅުން ނުވަތަ 'ކެމިސްޓްރީ'."
ޓުޗެލް ނޫސްވެރިންނަށް ކިޔައިދިނެވެ.
ސަޕޯޓަރުންގެ ހިތްހަމަނުޖެހުން
އިންގްލެންޑްގެ ކުރީގެ ކޯޗު ގަރެތު ސައުތުގޭޓަށް ވެސް ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އޭނާ ވަނީ އިންގްލެންޑް ދެ ޔޫރޯ ފައިނަލަށާއި 2018 ގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ގެންގޮސްދީފައެވެ.
ޓުޗެލްއަށް އޮތް ގޮންޖެހުމަކީ ސައުތުގޭޓްގެ އެ ރެކޯޑާ އަޅާކިޔާއިރު، އިންގްލެންޑްގެ ކުޅުމުގެ ވައްޓަފާޅި ރަނގަޅު ނުކުރެވުމެވެ. އަދިވެސް ފެންނަނީ މަޑުމައިތިރި، އަރިމައްޗަށް ބޯޅަ ބަދަލުކުރާ ފޫހި ކުޅުމެއްކަމަށް ގިނަފަރާތްތަކުން ބުނަމުންނެވެ. މީގެ އިތުރުން، އޭނާގެ އެންމެ ވަރުގަދަ ފޯމޭޝަނެއް އަދިވެސް ހޯދިފައި ނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެހެންނަމަވެސް، ޓުޗެލްއަކީ މޮޅު ކޯޗެއްކަމާމެދު ޝައްކެއް ނެތެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ވަނީ ކޮލިފައިން ގްރޫޕުގެ ހުރިހާ މެޗަކުން މޮޅުވެ، ބައިކޮޅަށް ލަނޑެއް ވައްދާނުލައި ރެކޯޑެއް ހަދާފައެވެ.
ހެރީ ކޭންގެ ގޮންޖެހުން
އިންގްލެންޑްގެ ކެޕްޓަން އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހެރީ ކޭންގެ ފަރާތުން ގައުމީ ޓީމަށް ފަހަކަށް އައިސް ކުޅޭ މެޗްތަކުގައި އެކަށީގެންވާ ކުޅުމެއް ނުފެންނަ ކަމުގެ ޝަކުވާ އޮވެއެވެ. ގިނަ ފަހަރަށް ގައުމީޓީމަށް ކުޅޭ މެޗްތަކަށް ކުރިމަތިލާއިރު އޭނާ ހުންނަނީ ވަރުބަލިވެ ނުވަތަ އަނިޔާގެ މައްސަލަތަކުގައެވެ.
ނަމަވެސް، މިފަހަރު އޭނާ އަންނަނީ ބަޔާން މިއުނިކާއެކު އޭނާގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ކާމިޔާބު ސީޒަން ނިންމާލުމަށްފަހުގައެވެ. އޭނާ ވަނީ 51 މެޗުން 61 ލަނޑު ޖަހާފައެވެ. އަދި ވޯލްޑް ކަޕްގައި ގެރީ ލިނެކާ ހަދާފައިވާ 10 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރުމަށް ކޭންއަށް ބޭނުންވަނީ އެންމެ ދެ ލަނޑެވެ.
ނަންބަރު 10 ގެ ވާދަވެރިކަން
ޖޫޑް ބެލިންހަމް އަކީ އިންގްލެންޑްގެ އެންމެ އުންމީދީ ކުޅުންތެރިޔާ ކަމަށްވިޔަސް، އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާއަށް މާ ގިނަ މެޗުތަކެއް ނުކުޅެވުނެވެ. އެހެންކަމުން އެސްޓަން ވިލާގެ މޯގަން ރޮޖާސްއަށް ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. ބެލިންހަމްއަށް ފަހަރެއްގައި މެޗް ފަށަން ޖެހޭނީ ހުރުމަށް ފަހުގައެވެ.
ލެފްޓް-ބެކްގެ މައްސަލަ
އޭޝްލީ ކޯލްއަށް ފަހު އިންގްލެންޑަށް ދުނިޔޭގެ ފެންވަރުގެ ލެފްޓް-ބެކެއް ނުލިބެއެވެ. ނަމަވެސް މެންޗެސްޓަރ ސިޓީގެ ނިކޯ އޯރައިލީއާއެކު އެކަން ބަދަލުވެދާނެއެވެ. އޭނާއަކީ ދިފާއީ ކުޅުމުގެ އިތުރުން އެޓޭކުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.
ގްރޫޕުގެ ހާލަތުގްރޫޕް
ގްރޫޕް " އެލް " ގައި އިންގްލެންޑް ހިމެނޭއިރު، ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް ކްރޮއޭޝިއާއާ ދެކޮޅަށެވެ. މީގެ އިތުރުން ޕެނަމާ އަދި ގާނާއަކީ ވެސް ފަސޭހަކޮށްލެވޭނެ ޓީމުތަކެއް ނޫނެވެ.
އިންގްލެންޑްގެ މެޗުތަކުގެ ތާވަލު:
# 17 ޖޫން: އިންގްލެންޑް - ކްރޮއޭޝިއާ (އެމެރިކާ)
# 23 ޖޫން: އިންގްލެންޑް - ގާނާ (އެމެރިކާ)
# 27 ޖޫން: ޕެނަމާ - އިންގްލެންޑް (އެމެރިކާ)
އަލްޖަޒީރާ ސްޕޯޓްސްއިން ލަފާކުރާ އިންގްލެންޑްގެ ޓީމް:
ފުރިހަމަ ސްކޮޑް:ގޯލްކީޕަރުން:
ޖޯޑަން ޕިކްފޯޑް، ޑީން ހެންޑަސަން، ޖޭމްސް ޓްރެފޯޑް.ޑިފެންޑަރުން: ރީީސް ޖޭމްސް، އެޒްރީ ކޮންސާ، ޖަރެލް ކުއާންސާ، ޖޯން ސްޓޯންސް، މާކް ގުއޭހީ، ޑެން ބާން، ނިކޯ އޯރައިލީ، ޖެޑް ސްޕެންސް، ޓީނޯ ލިވްރަމެންޓޯ.
މިޑްފީލްޑަރުން:
ޑެކްލަން ރައިސް، އެލިއަޓް އެންޑަސަން، ކޯބީ މައިނޫ، ޖޯޑަން ހެންޑަސަން، މޯގަން ރޮޖާސް، ޖޫޑް ބެލިންހަމް، އެބެރެޗީ އެޒޭ.
ފޯވާޑުން:
ހެރީ ކޭން، އިވާން ޓޯނީ، އޮލީ ވަޓްކިންސް، ބުކާޔޯ ސަކާ، މާކަސް ރަޝްފޯޑް، އެންތަނީ ގޯޑަން، ނޯނީ މަޑުއޭކޭ.
އިންގްލެންޑްގެ ހެރީ ކޭން އަމާޒު ހިފާފައިވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ގައުމީ ޓީމަށް ޖަހައިދީފައިވާ 78 ލަނޑުގެ އަދަދު އިތުރުކުރުމަށެވެ.
އަދި ހެޑް ކޯޗު ތޯމަސް ޓުޗެލް ބޭނުންވަނީ 60 އަހަރަށްފަހު އިންގްލެންޑަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދައިދިނުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

