އޯލެވެލް އިމްތިހާނުން ޤައުމީ ގަދަ 10 އެއްގެ ވަނަތައް ހާސިލުކުރި އަތޮޅުމަދަރުސާގެ ދަރިވަރުންނާ މެދު އެމަދަރުސާއިން ފަޚުރުވެރިވާކަމަށް އެމަދަރުސާއިން ބުނެފިއެވެ.
އަތޮޅުމަދަރުސާއިން މިހެން ބުނެފައވަނީ އެމަދަރުސާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ.
އަތޮޅުމަދަރުސާއިން އިތުރަށް ބުނެފައިވަނީ މިކާމިޔާބީއަކީ އެ ދަރިވަރުން ކުރި ބުރަ މަސައްކަތާއި، ކިޔެވުމަށް ބެހެއްޓި ޚާއްޞަ ސަމާލުކަމާއި، ދެއްކި ސާބިތުކަމުގެ ފޮނި ނަތީޖާއެވެ. އަދި ގަދަ 10 ގައި ހިމެނުނު ދަރިވަރުން ހޯދި މި ކާމިޔާބީގެ ސަބަބުން، އެދަރިވަރުންގެ ކުދިންގެ އާއިލާތަކަށާއި، މި ސްކޫލަށާއި، މުޅި މުޖުތަމައަށް ވަނީ ނުހަނު ބޮޑު ޝަރަފަކާއި އުފަލެއް ލިބިފައިވާކަމަށް އަތޮޅުމަދަރުސާގެ ލިއުމުގައި ބުނެފައިވެއެވެ.

މީގެ އިތުރަށް ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންގެ މި ކާމިޔާބީގެ ފަހަތުގައި ތިއްބެވި މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންނަށް ދެއްވި އެހީތެރިކަމާއި ފުރިހަމަ އިރުޝާދަށްޓަކައި، އެ ފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކު އަތޮޅުމަދަރުސާއިން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ގަދަ 10 ގައި ހިމެނުނު ހިމެނުނު ދަރިވަރުން ހޯދި މަތިވެރި ކާމިޔާބީއަށްޓަކައި ހުރިހާ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއެކު އަތޮޅުމަދަރުސާއިން ވަނީ ތަހުނިޔާ ދަންނަވާފައެވެ.
އޯލެވެލް އިމްތިހާނުން ޤައުމީ ގަދަ 10 އެއްގައި އަތޮޅުމަދަރުސާއިން ހިމެނުނު ދަރިވަރުން
# ގަދަ 10 ގެ 2 ވަނާގައި : ޔޫނުސު އަބްދުﷲ ސުނީދު
# ގަދަ 10 ގެ 3 ވަނާގައި : ވާއިލް އިބްރާހިމް ރަޝީދު
# ގަދަ 10 ގެ 10 ވަނާގައި : މަރިޔަމް ޔަނާލް މުޖުތަބާ މުހައްމަދު
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

