ސައުދީ ޢަރަބިއްޔާ ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ (ފުލީ ފަންޑެޑް) ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން މެޑިސިންގ، އިންޖިނިއަރިންގ ވިޔަފާރިއާއި ގުޅޭ ދާއިރާތައް، އިންފޮރމޭޝާން ޓެކްނޮލޮޖީ، ސައިންސް އަދި އިސްލާމިކް ސްޓަޑީޒްގެ އަދި އެ ދަރިވަރަކު ދާއިރާތަކުން ސައުދީ ޢަރަބިއްޔާގެ އެންމެމަތީ ފަންތީގެ ޔުނިވަރސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ.އާއި ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަތުތަކެކެވެ.
އިންޖިނިއަރިންގ މެޑިސިންގ އިންފޮރމޭޝަން ޓެކްނޮލޮޖީ
އިސްލާމިކް ސްޓަޑީޒް ބިޒްނަސް ސްޓަޑީޒް ސައިންސްގެ ދާއިރާތައް
މި ސްކޮލަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކިޔަވަން ބޭނުންވާ ކޯހާއި ޝަރުޠުތައް ބެލުމަށް ފަހު ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕޯޓަލް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް ރާއްޖޭގައި ހުންނަ ސައުދީ ޢަރަބިއްޔާގެ އެމްބަސީން ވަނީ އެދިފައެވެ. https://studyinsaudi.sa/
ސައުދީ ޢަރަބިއްޔާ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެ ދާއިރާތަކަކީ:
- އަންޑަގްރެޖުއޭޓް ނުވަތަ ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައް
- މާސްޓަރސް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯސްތައް
ވަނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެތަނުގެ ވެބްސައިޓާއި ކުރި ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފައެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތްކަމަށްވާ ސައުދީ ޢަބިއްޔާއިންނެވެ.
މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން(މިސާލަކަށް މެޑިސިންގ)، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ އެފަދަ ލައިސަންސްދޭ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

