އެވަޓަންއާ ދެކޮޅަށް ސިޓީ ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމާ ގުޅިގެން، ޕްރެމިއަރ ލީގުގެ ތަށި ކާމިޔާބުކުރުމަށް އެޓީމަށް ލިބިފައިވާ އަމިއްލަ ބާރު ގެއްލިފައިވާ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
"މިހާރު މިއީ އަހަރެމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން. ކުރިން އެ ފުރުސަތު އޮތް ނަމަވެސް، މިހާރު އެކަން ބަދަލުވެއްޖެ، އަދި ލީގުގައި ބާކީ އޮތް ހަތަރު މެޗުވެސް މިކަހަލަ ގޮތަކަށް ދާނެ ކަމަށް ބެލެވޭއިރު، ދެން ވާނެ ގޮތެއް ބަލަން ތިބެމާ ހިނގާ "
ހޯމަ ދުވަހުގެރޭގެ މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނެފައިވެއެވެ.
![މެންޗެސްޓަރ ސިޓީގެ ކޮޅަށް ގޯލެއް ވަނުމާ ގުޅިގެން، އެ ޓީމުގެ ބެނާޑޯ ސިލްވާ އާއި އާލިން ހާލަންޑް އެކަމުގެ ހިތާމަ ފާޅުކުރަނީ. [ޕީޓަރ ޕަވަލް/އޭއެފްޕީ]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_5-5-2026_121133_www.aljazeera.com_.jpeg)
ސިޓީއަށް އަތުގައި އެއް މެޗު އިތުރަށް އޮތް ނަމަވެސް، ތަށި ހޯދުމަށްޓަކައި މިހާރު އާސެނަލްގެ ނަތީޖާއަކަށް ބަލަން ތިބުން ވަނީ މަޖުބޫރުވެފައެވެ.
ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗާ ގުޅޭގޮތުން ގާޑިއޯލާ އިތުރަށް ބުނީ، ތިން ޕޮއިންޓް ނުލިބުނު ނަމަވެސް ބަލިނުވެ ސަލާމަތްވުމަކީވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"އަހަރެމެން ބޭނުންވީ މޮޅުވާން. އެކަމަށް މަސައްކަތްވެސް ކުރިން. އަހަރެމެންނަކީ ކިހާ ވަރުގަދަ ޓީމެއްކަން މިމެޗުން ދައްކައިދީފިން. ކުޅުންތެރިން ވަރަށް ހިތްވަރާއެކު ކުޅުނު،"
އޭނާ ފާހަގަކުރިއެވެ.
![4 މޭ 2026 ގައި ހިލް ޑިކިންސަން ސްޓޭޑިއަމްގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ދެ ޕޮއިންޓް ގެއްލުމާ ގުޅިގެން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މާޔޫސްވެފައި ހުރި މަންޒަރެވެ. [ސްކޮޓް ހެޕެލް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/05/Screenshot_5-5-2026_121118_www.aljazeera.com_-2.jpeg)
ސިޓީއަށް ކުރިއަށް އޮތީ ބްރެންޓްފޯޑް، ކްރިސްޓަލް ޕެލަސް، ބޯންމައުތު އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އަނެއްކޮޅުން އާސެނަލްއަށް އޮތީ ނިސްބަތުން ފަސޭހަ މެޗުތަކެކެވެ. އެއީ ވެސްޓް ހޭމް ޔުނައިޓެޑް، ބާންލީ އަދި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ލީގު ތަށީގެ އުއްމީދު ކުޑަވި ނަމަވެސް، އިނގިރޭސި ތިން މުބާރާތް (ޓްރެބަލް) ކާމިޔާބުކުރުމުގެ ފުރުސަތު ސިޓީއަށް އަދިވެސް އެބައޮތެވެ. އެ ޓީމުން ވަނީ މާރިޗު މަހު އާސެނަލް ބަލިކޮށް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަދި އަންނަ މެއި މަހުގެ 16 ވަނަ ދުވަހު އެފް.އޭ ކަޕް ފައިނަލްގައި އެ ޓީމު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

