ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ސްޕެއިންގެ މެޑްރިޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާސެނަލްއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، އެ ޓީމުގެ ފޯވާޑް ވިކްޓާ ގިޔޮކެރޭސްއަށް އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެތުލެޓީކޯގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް، ދެވަނަ ހާފު ފެށިގެން 10 މިނެޓު ތެރޭގައި އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ވަނީ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީއަކީ އާސެނަލްގެ ޕެނަލްޓީއޭރިޔާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ބެން ވައިޓްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިމެޗުގެ އެންމެ ފާހަގަކޮށްލެވުނު ކަމަކީ، އާސެނަލްގެ އެބެރެޗީ އެޒޭއަށް އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެތުލެޓިކޯގެ ހާންކޯ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިނުމަށްފަހު، ވީ.އޭ.އާރްގެ އެހީގައި އެ ނިންމުން ބަދަލުކުރުމެވެ. ރެފްރީ ގިނަ ފަހަރުތަކެއްގެ މަތިން ރިޕްލޭ ބެލުމަށްފަހު ނިންމީ އެއީ ޕެނަލްޓީއެއް ދޭންޖެހޭ ވަރުގެ ކޮންޓެކްޓެއް ނޫން ކަމަށެވެ.
މި ނިންމުމާ މެދު އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
"އަހަރެން މިކަމާ ވަރަށް ބޮޑަށް މާޔޫސްވެ، ރުޅިގަދަވެއްޖެ. މިއީ ގަވާއިދާ ހިލާފު ނިންމުމެއް. 13 ފަހަރު ރިޕްލޭ ބަލައިގެން އެފަދަ ނިންމުމެއް ބަދަލެއް ނުކުރެވޭނެ. މި ފެންވަރުގެ މުބާރާތެއްގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ،"
މިކޭލް އާޓެޓާ ބުންޏެވެ.
އެތުލެޓިކޯގެ ފަރާތުން މިމެޗުގެ ބޮޑު ބައެއްގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އާސެނަލްގެ ވަރުގަދަ ޑިފެންސުން ވަނީ އެތުލެޓިކޯއަށް އިތުރު ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.
މިމެޗާއި ބެހޭގޮތުން އެތުލެޓިކޯގެ ކެޕްޓަން ކޯކޭ ބުނި ގޮތުގައި، އޭނާގެ ޓީމުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އާސެނަލްއަށް މިމެޗްގައި މާ ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނު ކަމަށެވެ.
މިމެޗްގެ ނަތީޖާއާއެކު، އަންނަ އަންގާރަ ދުވަހު ލަންޑަނުގައި ކުޅޭ ދެވަނަ ލެގުގެ މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗަކަށް ވާނެއ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

