މީދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން މާދަމާ ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މި އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓް ނަމްބަރު 7، ނަސީރާ އިބްރާހިމް ވަނީ އޭނާގެ ތަޞައްވުރާއި އުންމީދުތައް ހާމަކުރައްވާފައެވެ.
މީދޫގެ އަންހެނުންގެ ކުރިއެރުމަށް ޚިދުމަތް ކުރުމުގެ ވަރުގަދަ އަޒުމަކާއެކު ނަސީރާ ވިދާޅުވެފައިވަނީ، "މީދޫގެ އަންހެނުންގެ ދުޅަހެޔޮކަމާއި ތަރައްގީއަށްޓަކައި މަސައްކަތް ކުރުމަށް މިފުރުސަތުގެ ބޭނުން އަޅުގަޑު ވަރަށް ބޮޑަށް ބޭނުން" ކަމަށެވެ.
މިއީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އޭނާ ކުރައްވާ އުންމީދުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަސީރާ ވަނީ ރަށުގެ ރައްޔިތުންގެ ކިބައިން ތާއީދަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަށުގެ އަންހެނުންނަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ އިތުބާރު ބޭނުންވާކަމަށެވެ.
"އަޅުގަޑަށް އިތުބާރުކޮށް މާދަމާ ބާއްވާ އިންތިޚާބުގައި އަޅުގަޑަށް ވޯޓް ދެއްވުމަށް އެދެން. މިކަމުގައި ތިޔަބޭފުޅުންގެ ތާއީދާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން،"
ނަސީރާ ވިދާޅުވިއެވެ.

މީދޫ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުކަމަށް ނަސީރާ ކުރިމަތިލާފައިވަނީ، ރަށުގެ އަންހެނުންގެ އަޑު އުފުލައި، އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ނަސީރާގެ މި އިލްތިމާސްއަކީ ރަށުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބަލައި ނަސީރާ ޑަބްލިއުޑީސީގެ މެމްބަރަކަށް ހޮވުމަކީ މީދޫގެ ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ވީމާ މީދޫގެ ލޮބުވެތި ރަށްޔިތުން ކެނޑިޑޭޓް ނަމްބަރ 7 ނަސީރާއަށް ވޯޓް ދެއްވައި ނަސީރާ ހޮވަމާތޯއެވެ،
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

