
މީދޫގެ މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި، މާދަމާ ( 4 އެޕްރީލް 2026 ވަނަދުވަހު ) ބާއްވާ ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ އަމީން ހާނީއަކީ އެ ދާއިރާއަށް ނުހަނު ބޭނުންތެރި، ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އަމީން ހާނީއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން، ބިޒްނަސް އެންޑް ހިއުމަން ރިސޯސަސް މެނޭޖްމެންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރެއްވުމަށްފަހު، ސްރީލަންކާގެ މަޝްހޫރު ލަންޑަން ސްކޫލް އޮފް ކޮމާސްއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ފުރިހަމަކުރައްވައި ސެޓްފިކެޓް ހާސިލްކުރައްވާފައިވެއެވެ. މީގެ އިތުރުން، އައިޓީ (IT) އަދި ޤާނޫނީ (Law) ދާއިރާއިންވެސް އަމީން ވަނީ ތައުލީމާއި ތަމްރީނު ހާސިލްކުރައްވާފައެވެ. މިއީ ކައުންސިލެއް ހިންގުމުގައި ބޭނުންވާނެ އެންމެ މުހިންމު ފަންނީ ދާއިރާތަކެވެ.

އަމީންގެ މަސައްކަތުގެ ބިންގާ އެޅިފައިވަނީ އަމަލީ ތަޖުރިބާގެ މައްޗަށެވެ. ރިސޯޓެއްގެ އައިޓީ ދާއިރާގައި 5 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ސިވިލް ސާވިސްގެ މަގާމެއްގައި ހަމަ އެ ދާއިރާގައި 10 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް އަމީން ވަނީ ޚިދުމަތް ކުރައްވާފައެވެ. މިހާރު އަމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ތައުލީމު ހާސިލް ކުރެއްވި ދާއިން އަމިއްލަ މަސައްކަތްތަކުގައެވެ.
ކައުންސިލް މެމްބަރުކަމަށް އަމީން ކުރިމަތިލެއްވީ މުސާރަ ބޮޑު އެހެން ވަޒީފާތަކުގެ ފުރުސަތު އޮއްވައެވެ. މީގެ ސަބަބަކީ އަމީންގެ ހިތުގައި އޮތް ވަޠަނީ ލޯތްބާއި، އުފަން ރަށް ދެކެވާ ލޯތްބެވެ. ރަށުގެ ކުރިއެރުމަށް އެދޭ މީހަކަށް ވީތީ، އަމީން ބޭނުންވަނީ އޭނާގެ އިލްމާއި ހުނަރު ބޭނުންކޮށްގެން ރަށަށް ޚިދުމަތް ކުރާށެވެ. މީގެ ކުރިންވެސް މީދޫގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައި އަމީންގެ އެހީތެރިކަމަށް އެދިއްޖެ ކޮންމެ ހިނދެއްގައި އޭނާ ވަނީ ފަސްޖެހުމެއްނެތް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަމީންގެ ތަސައްވަރަކީ " އިސްމީދޫ" މިގޮތުން ހުރިހާ ދާއިރާއަކުންވެސް މުޅި ރާއްޖެއަށް ނަމޫނާ ދައްކާނެ ރަށަކަށް މީދޫ ގެންދިއުމަށް އަމީން ބޭނުންވެއެވެ.
މީދޫ، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އަމިއްލަ މިނިވަން ކައުންސިލެއްގެ ގޮތުގައި މަސައްކަތް ފަށައިގަންނައިރު، ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ކަށަވަރެވެ. މިފަދަ ދަނޑިވަޅެއްގައި އެ ގޮންޖެހުންތަކުން އަރައިގަނެ، ރަށުގެ އިދާރީ ހިންގުން ހަރުދަނާކުރެވޭނީ އަމީން ފަދަ ތައުލީމީ، ހިންގުންތެރި އަދި ޤާބިލް ބޭފުޅުން ކައުންސިލަށް ހޮވައިގެންނެވެ.
އެހެންކަމުން، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވޭ ކައުންސިލް އިންތިޚާބުގައި، މީދޫގެ އުޖާލާ މުސްތަޤްބަލަށްޓަކައި ކެނޑިޑޭޓް ނަމްބަރު 9 އަމީން ހާނީއަށް ވޯޓުދީ، ވޯޓު ފޮށި ފުރާލުމަކީ ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއްކަމުގައި ދެކޭށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

