
ފެނަކަ ކޯޕަރޭޝަންގެ ސ. ހުޅުމީދޫ ބްރާންޗް ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުން، އެ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމަށް ހުޅުދޫ ތަޑިރަންމާގޭ ސައީދާ މުޠީއު މިއަދު އައްޔަންކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައީދާ މުޠީއު މި މަގާމަށް އައްޔަންކުރައްވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަޝްރަފު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސައީދާ މުޠީއަކީ ހުޅުމީދޫގެ އިޖުތިމާއީ ކަންކަމުގައި ފާހަގަކޮށްލެވޭ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމާ ހަވާލުވެވަޑައިގަތުމާއެކު، ހުޅުމީދޫގެ ކަރަންޓާއި ފެނުގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ބްރާންޗްގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރަށްރަށުގެ ބްރާންޗުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ހުޅުމީދޫ ބްރާންޗަށް މި އައި ބަދަލަކީވެސް ކުންފުނީގެ ހިދުމަތްތައް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

