ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަތެއްގެ ސެމީ ފައިނަލްގެ ޖާގަ އައްޑޫސިޓީ ހިތަދޫއާއި މަރަދޫ ހޯދައިފިއެވެ.
ޒޯން ހަތެއްގައި ޖުމުލަ ހަތް ޓީމު ހިމެނޭ އިރު، ގްރޫޕް އޭއިން ސެމީއަށް ދިޔައީ ގދ. ވާދުއާއި އައްޑޫ ހިތަދުއެވެ. ވާދޫ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ސެމީން ޖާގަހޯދިއިރު ހިތަދޫން ސެމީގެ ޖާގަ ހޯދާފައިވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފައެވެ. މި ގްރޫޕުން ކެޓީ ގދ. ކަނޑުހުޅުދުއާއި ފުވައްމުލަކު ދަޑިމަގެވެ.

ޒޯން ހަތެއްގެ ގްރޫޕް ބީގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، މިގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި އައްޑޫސިޓީ މަރަދޫ ސެމީފައިނަލަށް ހޮވުނުއިރު މިގްރޫޕުން 2 ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ ދެއްވަދޫއެވެ.
ޒޯން 7 ގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗްތައް ރޭ ކުޅެވުނުއިރު ވާދުއާއި ދަޑިމަގު ވާދަކުރި މެޗު ވާދޫން ކާމިޔާބުކުރީ 2-1 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ހިތަދުއާއި ކަނޑުހުޅުދޫ ރޭ ބައްދަލުކުރިމެޗް ނިމުނީ 0-0 އިން ދެޓީމް އެއްވަރުވެގެންނެވެ.
ރޭ ބީ ގްރޫޕްގެ ފަހު މެޗުގައި އައްޑޫސިޓީ މަރަދޫން ވަނީ ގދ. ހޯޑެއްދޫ ބައްދަލުކޮށް 6-2 އިން މޮޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

