ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު، މީދޫގެ ކުރިމަގަށްޓަކައި މީދޫގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން މިހާރު އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ މީދޫ ކައުންސިލަށް ކުރިމަތިލާފައިވާ ޒުވާން ކެނޑިޑޭޓް އަފުޒަލް ރަޝީދުގެ ވާހަކައެވެ. މީދޫގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އައު ވިސްނުންތަކެއް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަފުޒަލް ރަޝީދަކީ މިއަދު މީދޫގެ ދާއިރާއަށް އުންމީދީ ނަމެކެވެ.
އަފުޒަލް ރަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާއަކީ ޒުވާނުންގެ އިހުސާސްތައް ދަންނަ، ޒުވާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކެނޑިޑޭޓަކަށް ވުމެވެ. ރަށުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ބޭނުންވާ ކުރިއެރުންތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މީދޫގެ ޒުވާނުން ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމުގައާއި، އެކިއެކި ހުނަރުތައް ކުރިއެރުވުމުގައި އަފުޒަލް ރަޝީދު ގެންގުޅޭ ތަޞައްވުރަކީ ޒުވާނުންގެ މެދުގައި އޭނާއަށް އޮތް މަޤްބޫލުކަން އިތުރުވެގެންދިޔަ މައިގަނޑު ސަބަބެވެ.
މީދޫގައި ރަށު ކައުންސިލެއް ފުރަތަމަފަހަރަށް އުފެދޭއިރު ކައުންސިލްގެ މަސައްކަތްތަކަށް މިދަނޑިވަޅުގައި، އަފުޒަލް ރަޝީދަކީ ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ޒުވާނެކެވެ. އޭނާގެ މަޤްޞަދަކީ ހަމައެކަނި ގޮނޑިއެއް ކާމިޔާބު ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ކައުންސިލަކީ ހާމަކަން ބޮޑު، ޚިދުމަތްތެރި އިދާރާއަކަށް ހެދުމެވެ.
މީދޫގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަމަށްވާއިރު، އަފުޒަލް ރަޝީދު ފަދަ ހީވާގި ޒުވާނަކު ކައުންސިލަށް އިންތިޚާބުވުމަކީ މީދޫއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޒުވާނުންގެ އަޑު އުފުލައި، ރަށުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އަފުޒަލްގެ ކިބައިގައި ހުރިކަން އޭނާގެ ކެމްޕޭން ޙަރަކާތްތަކުން ވަނީ ހާމަވެފައެވެ. އެހެންކަމުން، މީދޫ ކައުންސިލަށް އަފުޒަލް ރަޝީދަކީ މިއަދު އެންމެ ބޭނުންތެރި އެއް ކެނޑިޑޭޓެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

