"ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި، ފަހުވަގުތު ލީވާން ކާމިޔާބުކޮށްދިން ލަނޑާއެކު މީދޫ ޓީމު އަތުން ބަލިނުވެ ހުޅުދޫ ޓީމު ސަލާމަތްވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މީދޫ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ކުޅުންތެރިޔާ ސަބާހުއެވެ.
މީދޫ ޓީމުން ލީޑުގައި އޮވެ މެޗު ނިންމާލަން ތައްޔާރުވެފައި ވަނިކޮށް، ހުޅުދޫ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ލީވާންއެވެ.
މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި މީދޫ ޓީމުގެ ސަހާފު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

