މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހްގީގަށް ތުހުމަތު ކުރެވޭ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ކުރި މި އިޢުލާނުގައި ބުނެފައިވަނީ، ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ޙާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މި މައްސަލާގައި ހޯދަމުން ދަނީ، ސ. މީދޫ، ނޫފިޔަގޭ އުމުރުން 45 އަހަރުގެ އަޙްމަދު ފިޔާޟް (A070599) އެވެ.
ފުލުހުން ބުނީ ފިޔާޟް ކޯޓަށް ޙާޒިރު ކުރަން ބޭނުންވަނީ، މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރެވޭތީ ސުވާލުކުރުމަށް ކަމަށެވެ.
މި އިޢުލާނުގައި ފިޔާޟް ޙާޒިރުވުމަށް އަންގާފައިވަނީ ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނަށެވެ.
މައްސަލަ ބެލުމަށްޓަކައި 2025 ނޮވެމްބަރު 21 ވަނަ ދުވަހުގެ 14:00އަށް އޭނާ ހާޒިރުވުމަށް އިއުލާންގައި ވަނީ އަންގާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

