މީދޫ ސްވިމިންގ ޓްރެކް ސާފުނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގިނަ އަދަދަކަށް ފެހި އާއި މުރަކަ ފަޅައި، ޓްރެކުގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެތަން ބޭނުންކުރާ ފަރާތްތަކުން ބުނެފިއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މީދޫ ސްވިމިންގ ޓްރެކްގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެހި އާއި މުރަކަ ފަޅައި، ހަޑިވެފައި އެވެ. މިހާލަތުގައި ޓްރެކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، ފެހިތަކުގެ ސަބަބުން ފައިކައްސައިގެން ވެއްޓި އަނިޔާ ލިބުމުގެ ނުރައްކާ ބޮޑު ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ.
މި ސްވިމިންގ ޓްރެކަކީ މީދޫގެ ކުޑަކުދީންނާއި ޒުވާނުންގެ އިތުރަށް، އުމުރުން ދުވަސްވީ މީހުން ވެސް ގަވާއިދުން ބޭނުންކުރާ ތަނެކެވެ. އެހެންކަމުން، މިޓްރެކް ގަވާއިދުން ސާފުކޮށް ބަލަހައްޓަމުން ދިއުމަކީ އެތަން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ރައްކާތެރިކަމެކެވެ.
ޓްރެކް ސާފުކުރެވިފައި ނެތުމުގެ ސަބަބުން އާންމުންގެ ސަލާމަތަށް ނުރައްކާ ވެދާނެތީ، މިހާލަތުގައި ކަމާބެހޭ ފަރާތްތަކުން އިސްނައިގެން ވަގުތުން މިޓްރެކް ސާފުކުރުމުގެ މަސައްކަތް ފަށަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އާންމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިކަމަށް ވަގުތުން ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

