އައްޑޫ ސިޓީގެ ހިތަދޫ ޓުއަރިޒަމް ޒޯންގައިހުރި ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫގެ ހިތަދޫގެ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
Advertisement
ނިޔާވެފައި އޮއްވާ ފެނުނީ އަންހެނަކާއި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ދެމަފިރިންނެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެ ދެމަފިރިން ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

