މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ މީދޫއަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.
އެއްލާލައިފައިވަނީ " އުނިމާގޭގެ" ފުރާޅެވެ. ވީއޯއެމް އަށް މައުލޫމާތުދެމުން އުނިމާގޭ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ފުރާޅު މަރާމާތު ކުރުމުގައި ކައުންސިލްގެ އެހީތެރިކަން ހޯދުމަށް ކައުންސިލަށް މިމައްސަލަ ހުށަހަޅާފައިވާކަމަށެވެ.
Advertisement
" ކައުންސިލުންއެންގީ ފޮޓޯ ނަގާފައި ފޮނުވުމަށް ، މިހާރު ވާނީ ފޮޓޯ ފޮނުވިފައި " އުނިމާގޭ ފަރާތުން މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.
ރޭ ގަދަ ވަޔާއެކު ފުރާޅު އެއްލާލި އުނިމާގެއަކީ ބަގްލާޝް މީހުން ދިރިއުޅެމުން އަންނަގެއެކެވެ. ފުރާޅުއެއްލާލި ނަމަވެސް އެގޭގައި އުޅެމުންދާ މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ .


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

