ދިވެހި ތަޢުލީމުގެ ބިންގާއަކީ އަކުރު ދަސްކުރުމެވެ. އެ ބިންގާ ވަރުގަދަކޮށްދިނުމުގައި އެތައް ބައެއްގެ ހިއްސާއެއް އެބައޮތެވެ. ކުދީންގެ ފުރަތަމަ މުދައްރިސުންނަކީ އެ ކުދީންގެ މުސްތަޤުބަލުގެ ބިންގާ އަޅައިދޭ ފަރާތްތަކެވެ. މިފަދަ މުހިންމު ޚިދުމަތެއް މުޖުތަމަޢަށް ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަގުވަޒަންކުރުމަކީ އެންމެންގެވެސް ޒިންމާއެކެވެ.
މިގޮތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫ ކޮމިއުނިޓީގެ ފަރާތުން އިއްޔެ މީދޫގައި ބޭއްވުން ރަސްމިއްޔާތުގައި މީދޫގެ ކުޑަކުދީންނަށް 20 އަހަރަށްވުރެ ގިނަ ދުވަހު އަކުރު ދަސްކޮށްދިނުމަށް ވޮށުފިލާ އަޅައިދެމުން އައިސްފައިވާ ތިން ފަރާތަކަށް ހަނދާނީ ޝީލްޑް ދެވުނެވެ. މި ތިން ފަރާތަކީ މީދޫ ސާހިލް، މަރިޔަމް ވާއީ ، މީދޫ ، ކުދިމާވާދީ، ނިސްރީން އަލީ އަދި މީދޫ ފަރުދާގޭ އާއިޝަތު ދީދީއެވެ.
މިތިން ބޭފުޅުންނަށް ހަނދާނީ ޝީޑް ހަވާލްކޮށްދެއްވީ ސަޓިފައިޑް ކޯޗު ޑިއުޑްރޮޕް ޝަހީނާއެވެ.



މި ތިން ފަރާތުންވެސް ވަނީ މީދޫގެ ކުޑަކުދީންގެ ތަޢުލީމީ މުސްތަޤުބަލު ބިނާކުރުމަށް 20 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި މަސައްކަތް ކޮށްދީފައެވެ. މިއިން ކޮންމެ ފަރާތަކުންވެސް ރަށުގެ އެތައް ކުދީންނަކަށް އަކުރު ދަސްކޮށްދީ، ލިޔަންކިޔަން އުނގަންނައިދީފައިވެއެވެ. މިއީ އެ ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތެއްކަމުގައި މީދޫ މީދޫ ކޮމިއުނިޓީންދެކެެވެ.
ކުދީންނަށް އަކުރު ދަސްކޮށްދީ، ތަޢުލީމުގެ ފުރަތަމަ ފިޔަވަހި ފަށައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ އަގު ނުކުރެވޭފަދަ ބައެކެވެ. މިފަދަ ފަރާތްތަކަށް އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީދޫ ކޮމިއުނިޓީގެ ފަރާތުން މިފަދަ ފަރާތްތަކަށް ހަނދާނީ ޝީލްޑް ދިނުމަކީ އެކަމުގެ މުހިންމުކަން ފާހަގަކުރުމުގެ ރަމްޒީ ފިޔަވަޅެކެވެ. ތަޢުލީމީ ދާއިރާގައި މިފަދަ އެތައް ބޭފުޅުންނެއް މަސައްކަތްކުރަމުން ގެންދަވާއިރު، އެބޭފުޅުންގެ ޚިދުމަތް ފާހަގަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

