އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ، ރޭ ދަންވަރު 01:17 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ހަށިގަނޑުގެ ދެ ތަނެއް ޒަޚަމްކޮށްލާފައި ވާކަމަސް ފުލުހުން މައުލޫމާތު ދެއެވެ.
Advertisement
އޭނާއަށް މިހާރު އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

