ވިލުންތެރި ރާއްޖެ 2045" ގެ ނަމުގައި ރާއްޖޭގެ ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭން އެކުލަވައިލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް "ވިލުންތެރި ރާއްޖެ"ގެ ޓީމުން މީދޫއާއި ހުޅުދުއަށް ޒިޔާރަތްކޮށް މަސައްކަތު ބައްދަލުވުންތަކެއް މީދޫއާއި ހުޅުދޫގައި ބާއްވައިފިއެވެ.
" ކުރިމަގު ސައްލާ " ގެ ނަމުގައި ބޭއްވުނު މިބައްދަލުވުންތަކުން އެކި ދާއިރާތަކުގެ މައުލޫމާތު އެއްކޮށް، ގޮންޖެހުންތައް ދެނެގަނެ، ކުރިމަގަށް ރައްޔިތުން ބޭނުންވާ ތަރައްގީގެ ހިޔާލު ހޯދުނެވެ.
މިބައްދަލުވުމަށް ވަޑައިގެންނެވި ޓީމުން ވިދާޅުވީ ރަށްރަށުން ލިބޭ މައުލޫމާތުތަކަކީ މި ޕްލޭން އެކުލަވައިލުމުގެ އެންމެ މުހިންމު ބައެވެ.
2025 އިން 2045 އަށް އަމަލުކުރާ މި 20 އަހަރުގެ ޕްލޭންގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތަކުގެ ބޭނުންކޮށް، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް، މޫސުމީ ބަދަލުތަކާއި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅިގެން ދެމިތިބެވޭނެ ވިލުންތެރި ރާއްޖެއެއް ބިނާކުރުމެވެ. މި ޕްލޭނަކީ ގާނޫނީ ބާރު ލިބޭ ގޮތަށް ސަރުކާރުން އެކުލަވައިލާ ޕްލޭނެކެވެ.
ރާޢްޖޭގެ ތަރައްޤީގެ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ކަންކަމަަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާފައިވާ ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރާނެއެވެ.
"ވިލުންތެރިރާޢްޖެ ޓީމު"ން ބޭއްވި މިބައްދަލުވުމުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށާއި، ރަށުގައި ޤާއިމްކޮށްފައިހުރި ސަރުކާރުގެ ހުރިހައި މުއައްސަސާތަކަށާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ވެސް ދައުވަތު ދެވުނެވެ.













ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

