ދިރާގާއި މީޑިއާނެޓް ގުޅިގެން ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
މި ހާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާ ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.
އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ މި މުބާރާތުގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެ އެވެ.
މީގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެ އެވެ. އިއްޔެ ފެށީ މި މުބާރާތް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

