ޕީއެސްއެމުން މިއަހަރުގެ އީދު ކަވަރޭޖްގައި ނަށާ ގުރޫޕު "ހިޔަލަ" ގެ "އީދު ބޯމަތިވަނީ" ލަވަ ހުއްދަ ނުހޯދައި ދެއްކުމުން ހިޔަލަ ގުރޫޕުން މިކަން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި، ހުއްދަނެތި ލަވަ ބޭނުންކުރުމަކީ އެ ގުރޫޕްގެ ހައްގަށް އަރައިގަތުމުގެ އިތުރުން އަން ޕްރޮފެޝަނަލް ކަމެއް ކަމަށް ބުނެފިއެވެ.
ޓީވީއެމުން ދެއްކި އީދު ކަވަރޭޖްގައި އެ ލަވަ ބޭނުންކޮށްފައިވަނީ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް، ހިޔަލަ ގުރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ގުރޫޕްގެ ހުއްދަ ނުހޯދައި އެލަވަ ދެއްކުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޕީއެސްއެމް ނުވަތަ އެހެން އެއްވެސް ފަރާތަކަށް އެލަވަ ދެއްކުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓްރެންޑްވެފައިވާ މި ލަވަ މިހާތަނަށް 85،000 އަށްވުރެ ގިނަ ބަޔަކު ބަލާފައިވެއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

