ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން މީދޫ ކޮމިއުނިޓީގެ ފަރާތުން އިއްޔެ ހަވީރު ދުނިޔޭގެ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތަކީ ހުޅުމީދޫގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުދައްރިސުންގެ އަގު ވަޒަންކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެކެވެ.
މީދޫ އެޅެދިހަރު މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހުޅުމީދޫގައި މެދުނުކެނޑި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުދައްރިސުންނަށް ހަނދާނީ ޝީލްޑް ދެވުނެވެ
މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ.
1994ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.
ތިރީގައި އެވަނީ 20 އަހަރަށްވުރެ ގިނަދުވަސްވަންދެން ޚިދުމަތުގައި ތިއްބެވި ޓީޗަރުންގެ ތެރެއިން މީދޫ ކޮމިއުނިޓީގެ ހަނދާނީ ޝީލްޑް ލިބިލެއްވި ޓީޗަރުން













ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

