ތިމާވެށި ރައްކާތެރިކޮށް، ރަށުގެ ވެށި ސާފުތާހިރުކަންމަތީ ދެމެހެއްޓުމުގެ މަޤްޞަދުގައި، އައްޑޫ މީދޫގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ނަލަ ފެހި" ޖަމްޢިއްޔާއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން ރަށު ފެންވަރުގައި ސާފުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ، ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެންނެވެ. މި ޙަރަކާތް އަމާޒުކޮށްފައިވަނީ މީދޫގެ ގުދުރަތީ ރީތިކަން ފެންނަން އޮތް އެއް ސަރަޙައްދު ކަމުގައިވާ، މީދޫ ބޮއްކުރާ ސަރަޙައްދު ސާފުކުކުރުމަށެވެ. މިއީ އެ ސަރަޙައްދުގެ ވެށި ނަލަކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ނަލަ ފެހި ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ސާފުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ޖަމްޢިއްޔާގެ ވީހާވެސް ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެދެއްވުމަކީ އެ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ. މެންބަރުންގެ މިފަދަ އެއްބާރުލުމަކީ ރަށުގެ އިޖުތިމާޢީ އަދި ތިމާވެށީގެ ކަންކަން ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
މީގެއިތުރުން، ޖަމްޢިއްޔާގެ މެންބަރުންގެ އިތުރުން ވެސް، ރަށުގެ ތަރައްޤީއަށާއި ތިމާވެށި ރައްކާތެރިކުރުމަށް ލޯބިކުރާ އެންމެހައި ހެޔޮއެދޭ ފަރާތްތަކުން ވެސް މި ޕްރޮގްރާމްގައި ޢަމަލީ ގޮތުން ބައިވެރިވެ ދެއްވުމަކީ ނުހަނު އެދެވިގެންވާ ކަމެއް ކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. ޖަމާޢަތުގެ ފައިދާއަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ރަށުގެ އެއްބައިވަންތަކަން އިތުރުވެ، އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

