ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން، މުޖުތަމަޢުގައި ހިތުގެ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން ފުވައްމުލަށް ސިޓީގައި ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހިތުގެ ޞިއްޙަތު ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.
ފުވައްމުލަކުގައި މި ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "އަތުގުޅާލުން" ނުވަތަ އެއްބައިވަންތަކަމުގެ ހިނގާލުމެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އެކުއެކީގައި ބައިވެރިވެ، ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މެސެޖު ވަނީ ދީފައެވެ.
މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ޞިއްޙީ ދާއިރާގެ މާހިރުން ވަނީ ހިތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި
ދުޅަހެޔޮ ކާނާ ބޭނުންކުރުމުގެ މުހިންމުކަން.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން.
ސްޓްރެސް ނުވަތަ ނަފްސާނީ ނުތަނަވަސްކަން ކޮންޓްރޯލްކުރާނެ ގޮތްތައް.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ހިމެނެއެވެ.
މީގެ އިތުރަށް ދުވަހާ ގުޅުވައިގެން ކޮންމެ މީހަކަށްވެސް އާންމު ދިރިއުޅުމުގައި ފަސޭހަކަމާއެކު ކޮށްލެވޭނެފަދަ ކަސްރަތުތައް ދަސްކޮށްދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން، ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައިގެން ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށް ކުރެވިދާނެ ލުއި ކަސްރަތުތައް ޓްރެއިނަރުން
މިހަރަކާތަކީ ހިތުގެ ޞިއްޙަތާ މެދު އާންމުންގެ މެދުގައި ޝައުޤުވެރިކަން އުފައްދައި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެކެއްކަމަށް ފުވައްމުލަށް ސިޓީ ކައުންސިލް ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ސަބަބުން، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ގިނަ ބަޔަކަށް ވަނީ އަންގައިދެވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

