ނޭޕާލާއި ޓިބެޓަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި 1,500 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ
ގްލޭޝިއާއެއް ގޮވުމުގެ ސަބަބުން ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ފެންބޮޑުވެ، މަދުވެގެން 390 މީހުން މަރުވެ، 1,500 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބުދަ ދުވަހު ކުއްލިއަކަށް އައި ނުރައްކާތެރި ބިރުވެރި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުނު އެތައް ސަތޭކަ ބަޔަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
މި ކާރިސާގައި މިހާތަނަށް 390 މީހުން މަރުވެފައިވާއިރު، ގެއްލުނު 1,500 އަށްވުރެ ގިނަ މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުން ހިމެނެއެވެ. އަދި ހިމާލަޔަން ސަރަހައްދުގެ އެތައް ސަތޭކަ ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މިކާރިސާ ހިގާފައިވަނީ ހިމާލިޔާ ފަރުބަދަ ތަކުގެ މަތީ ސަރަހައްދަކުން ބިޔަ ގަނޑު ފެންގަޑަކާއެކު ހިލަތަކެއް ކަނޑައިގެންދިއުމާއި ގުޅިގެން އުފެދު ބާރުގަދަ ފެނާއި ކިސަޑުގެ އޮއިވަރު ސުނާމީއެއް ފަދައިން ފަރުބަދަތަކުން ތިރިއަށް ފައިބައިގެންގޮސް ކައިރީގައިވާ އަވަށްތަކާއި ގެދޮރުތަކާއި ފާލަންތަކާއި މަގުތަކުގެ އިތުރުން މުހިއްމު އެތައް ވަސީލަތްތަކެއްވަނީ ސުންނާފަތިކޮށްލާފައެވެ.
ނޭޕާލްގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ގިނަ އަދަދެއްގެ ފާލަންތައް ހަލާކުވެ، ގާތްގަނޑަކަށް 40 ކިލޯމީޓަރުގެ މަގުތަކަށް ގެއްލުން ލިބިފައިވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ނޭޕާލް ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރާޖާ ރާމް ބާސްނެތު ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހު ސިފައިންގެ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ފެންބޮޑުވި ސަރަހައްދުތަކުން 100 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޭރު ގައުމުތަކުގެ މަދުވެގެން އަށް މީހަކު ވައިގެ މަގުން ވެރިރަށް ކަތަމަންޑޫއަށް ގެންގޮސްފައިވާ ކަމަށާއި، ތްރިޝޫލީ ހައިޑްރޯޕަވަރ މަޝްރޫއާ ގުޅުންހުރި ތަންތަނުގައި ތާށިވެފައި ތިބި މީހުން ސިފައިންގެ ޓީމުތަކުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކާރިސާ ހިނގި ސަރަހައްދާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ޗިތުވާން ޑިސްޓްރިކްޓުން ފެންގަނޑާއެކު އޮޔާދިޔަ ބައެއް މީހުންގެ ހަށިތައް ވަނީ ފެނިފައެވެ. އަދި އަނިޔާވި އެތައް ބަޔަކު އިތުރު ފަރުވާއަށް ކަތަމަންޑޫއަށް ވަނީ ގެންގޮސްފައެވެ.
ނޭޕާލް ރެޑް ކްރޮސް ސޮސައިޓީގެ ޗެއާޕާސަން ބިޝާލް ކުމާރު ބަންޑާރީ ވިދާޅުވީ، މިހާރު އިސްކަންދެނީ މީހުން ސަލާމަތްކުރުމުގެ ބަދަލުގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނަކަށެވެ. މަދުވެގެން ތިން އަވަށަކުން 1,200 އެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓިބެޓުގައި ބުދަ ދުވަހު ގީރޮންގް ބޯޑަރު ސަރަހައްދަށް ކުރިމަތިވި މިހާދިސާގައި އެ ސަރަހައްދުގައި އެވްރެޖްކޮށް 1.5 މީޓަރުގެ އުސްމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށާއި، ބައެއް މަގުތަކުގައި 2 މީޓަރަށްވުރެ އުސްކޮށް ކިސަޑު ހުރި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
![ނޭޕާލްގެ ތްރިޝޫލީގައި ކިސަޑު ފައިބާ ފެންބޮޑުވުމުގެ ސަބަބުން ގެތައް ވަނީ ހަލާކުވެފައި. [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82741_www.aljazeera.com_.jpeg)
![ނުވަކޮޓް ޑިސްޓްރިކްޓްގެ ބިދުރް މުނިސިޕަލިޓީގެ ދޭވީގަޓްގައި ފެންބޮޑުވެ ކިސަޑުގެ ދަށުވެފައިވާ ގެތަކެއް. [ޕްރަބިން ރަނަބަޓް/އޭއެފްޕީ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82833_www.aljazeera.com_.jpeg)
![ނޭޕާލްގެ އޮފިޝަލުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ފާލަންތައް ހަލާކުވެ، 40 ކިލޯމީޓަރުގެ މަގުތަކަށް ގެއްލުންވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައި [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_83125_www.aljazeera.com_.jpeg)
![ތްރިޝޫލީގައި ކިސަޑުގެ އަސަރުކޮށްފައިވާ އިމާރާތްތަކެއް. [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_8319_www.aljazeera.com_.jpeg)
![ތްރިޝޫލީގައި ކިސަޑުގެ އަސަރުކޮށްފައިވާ އިމާރާތްތެއް. [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_83055_www.aljazeera.com_.jpeg)
![ނޭޕާލްގެ ނުވަކޮޓް ޑިސްޓްރިކްޓްގައި ކިސަޑާއި ކުނިތައް ސާފުކުރުމަށް އާލާތްތައް ބޭނުންކުރަނީ. [ނިރަންޖަން ޝްރެސްތާ/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_83042_www.aljazeera.com_.jpeg)
![ދޭވީގަޓްގައި ކުއްލި ފެންބޮޑުވުމަށްފަހު މަސައްކަތްތެރިން ކުނިތައް ސާފުކުރަނީ. [ނިރަންޖަން ޝްރެސްތާ/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_83032_www.aljazeera.com_.jpeg)
![ސިފައިންގެ އޮފިސަރުން ހެލިކޮޕްޓަރެއްގައި ތްރިޝޫލީގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި. [ނޭޕާލް އާމީ/އީޕީއޭ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_83018_www.aljazeera.com_.jpeg)
![ތްރިޝޫލީގައި ފެންބޮޑުވުމުގެ ހާދިސާއިން ސަލާމަތްވި މީހަކު ރެސްކިއު ޓީމުން އުފުލައިގެން ގެންދަނީ. [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_8305_www.aljazeera.com_.jpeg)
![ނުވަކޮޓް ޑިސްޓްރިކްޓްގެ ބިދުރް މުނިސިޕަލިޓީން މަރުވި މީހެއްގެ ހަށިގަނޑު ރެސްކިއު ޓީމުން އުފުލަނީ. [އޭއެފްޕީ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82950_www.aljazeera.com_.jpeg)
![ދޭވީގާތު އަވަށުގައި ހަރަކާތްތެރިވާ ސަލާމަތީ ފަރާތްތަކުން އެކްސްކަވޭޓަރެއްގައި ދަތުރުކުރަނީ. [ނަރެންދްރަ ޝްރެސްތާ/ އީ.ޕީ.އޭ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82938_www.aljazeera.com_.jpeg)
![ނުވަކޮޓް ޑިސްޓްރިކްޓްގެ ތްރިޝޫލީގައި މަގުތައް ސާފުވަންދެން ސަލާމަތްވި މީހުން މަޑުކޮށްގެން. [ނަވޭޝް ޗިތުރާކަރް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82912_www.aljazeera.com_.jpeg)
![ނޭޕާލްގެ ރެޑް ކްރޮސް ސޮސައިޓީން ހާމަކުރި ގޮތުގައި، މަދުވެގެން ތިން އަވަށަކުން ގާތްގަނޑަކަށް 1،200 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. [ނިރަންޖަން ޝްރެސްތާ/ އޭ.ޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/08/Screenshot_28-8-2026_82851_www.aljazeera.com_.jpeg)
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

