ފީފާގެ މުބާރާތްތައް ހިންގުމަށް އަމިއްލަ ކުންފުންޏެއް އުފެއްދުމަށް ރާވާފައިވާ ރޭވުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާ މެދު އެއިދާރާއާއި ދެކޮޅަށް ޔޫއޭފާއިން މަސައްކަތް ފަށައިފިއެވެ.
ފީފާގެ ރައީސް އިންފަންޓީނޯގެ މިނިންމުންތަކަކީ ހަމައެކަނި ދަހިވެތިކަމުގެ ސަބަބުން ނިންމާ ނިންމުތަކެއް ކަމަށް ބުނެ، ގިނަ އަދަދެއްގެ އިގިރޭސި ސަޕޯޓަރުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އޭނާ "ހުއްޓުވަން ޖެހޭ" ކަމަށް ވެސް އިގިރޭސި ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާގެ 55 މެންބަރު ގައުމު ހިމެނޭ ހެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ. މީގެ ތެރޭގައި މުބާރާތް ބޮއިކޮޓް ކުރުން ވެސް ހިމެނެއެވެ. އިނގިރޭސި އެފް.އޭ އިން މި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންދާއިރު، ފީފާގެ މުބާރާތްތައް ހިންގުމަށް އަމިއްލަ ކުންފުންޏެއް އުފެއްދުމަށް ރާވާފައިވާ ރޭވުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާ މެދު އެ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފީފާގެ މުބާރާތްތައް ހިންގުމަށް އަމިއްލަ ކުންފުންޏެއް އުފެއްދުމަށް ރާވާފައިވާ ރޭވުމާއި އެއްގޮތައް އެއްބަސްވެ މެމްބަރު ގައުމުތަކުން ސޮއިކޮށްފިނަމަ ފީފާގެ 211 ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް އެއް ފަހަރު ދޭ 30 މިލިއަން ޕައުންޑުގެ ފައިސާގެ އެހީއެއް ދޭނެ ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ބުނެފައެވެ.
އޭނާ ގަސްދުކުރަނީ "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި މުބާރާތްތައް އިންތިޒާމުކުރާ އިދާރާއެއް އުފައްދައި، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ ވޯލްޑް ކަޕް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މުބާރާތަކަށް ބަދަލުކުރުމަށެވެ.
އިނގިރޭސި ޓީމުގެ ސަޕޯޓަރެއް ކަމަށްވާ ސައިމަން ހަރިސް ބުނި ގޮތުގައި، މި ބަދަލަކީ ވޯލްޑް ކަޕްގެ ނިމުމެވެ. އަދި މިކަން ހިންގާ އިދާރާއާ ޓްރަމްޕްގެ އާއިލާއާ އޮތް ގުޅުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ގިނަ ދުވަސްވީ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އިންފަންޓީނޯ މަގާމުން ވަކިކުރަން ޖެހެއެވެ. ވޯލްޑް ކަޕްގެ ހާއްސަކަން އޮތީ އެއީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މުބާރާތަކަށް ވާތީ ކަމަށާއި، 64 ޓީމާ އެކު ކޮންމެ ދެ އަހަރަކުން މުބާރާތް ބޭއްވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އެމީހުން ބުނެއެވެ.
މެންޗެސްޓަރ ސިޓީގެ ސަޕޯޓަރެއް ކަމަށްވާ މައިކް އެންޑްރޫސް ބުނީ، ފީފާ އިން ވޯލްޑް ކަޕް ކުންފުންޏެއްގެ އަތްމައްޗަށް ދޫކޮށްލަނީ އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް އާއި އެފް.އޭގެ ކުރީގެ ޗެއާމަން ޑޭވިޑް ބާންސްޓީން ވެސް ވަނީ މި ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބާންސްޓީން ވިދާޅުވި ގޮތުގައި، މި ހުށަހެޅުންތަކާއިގެން ކުރިއަށްދާ ނަމަ، އިނގިރޭސިވިލާތުން ވޯލްޑް ކަޕުން ވަކިވާން ޖެހޭނެއެވެ.
އިނގިރޭސި އެފް.އޭގެ ތަރުޖަމާނު ވިދާޅުވީ، މި ހުށަހެޅުމުގެ އެއްވެސް ތަފްސީލެއް އެ އިދާރާއަށް ކުރިން ލިބިފައި ނުވާ ކަމަށާއި، މިހާތަނަށް ލިބިފައިވާ މަދު މައުލޫމާތަށް ބަލާއިރު، މިކަމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
ޔުއެފާ އިން ވަނީ ފީފާގެ މައްޗަށް، އަމިއްލަ ފައިދާއާއި ރައްޓެހިން މުއްސަނދިކުރުމަށް ފުޓްބޯޅަ ބޭނުންކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ. ޔުއެފާގެ މަސްދަރަކުން ބުނި ގޮތުގައި، މި ރޭވުމާ މެދު ގައުމުތަކުގެ މެދުގައި އޮތީ ވަރަށް ބޮޑު ނުރުހުމެކެވެ. ނަމަވެސް، ޗެކް ރިޕަބްލިކްގެ އެފް.އޭ އިން ވަނީ މި ރޭވުމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބުނެފައެވެ. އެމެރިކާގެ ކޮންކާކަފް އާއި އޭޝިއާގެ އޭ.އެފް.ސީ އިން ވެސް ވަނީ މިކަމުގައި އެމީހުންގެ ލަފައެއް ހޯދާފައި ނުވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

