ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބު މިއަދު ކުރިއަށްދާއިރު، އައްޑޫ މީދޫ ދާއިރާގެ ސްޓީރިންގ ކޮމެޓީގެ އިންތިޚާބު ނުބާއްވާ ގޮތަށް އެ ޕާޓީން ނިންމަވައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މީދޫން އެޕާޓީގެ ސްޓީރިންގ ކޮމެޓީގެ އާއްމު މެމްބަރުކަމަށް ވާދަކުރައްވަމުން އައި މީދޫ ރެޑްހައުސް އަހުމަދު ޝިހާމު އޭނާގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
މީދޫގައި ވޯޓުލުން ނުބާއްވަން ނިންމި މައިގަނޑު ސަބަބަކީ، ކޮމިޓީގައި ތިއްބަވަންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން އިންތިޚާބުގައި ވާދަނުކުރައްވާތީއެވެ. އަހުމަދު ޝިހާމު ނަން އަނބުރާ ގެންދިއުމާއެކު، ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ވަނީ އިންތިޚާބަކާ ނުލައި މަގާމުތައް ކަށަވަރުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މީދޫ ދާއިރާއިގެ ޕީއެންސީގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވީ ހަމައެކަނި މީދޫ ސައިރީނާ ޔަމްނާ ވަހީދު އެވެ. އަދި މީދޫ ދާއިރާގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މީދޫ ޕީއެންސީގެ ކައުންސިލް މެމްބަރު ސަނީ އެކަނި ކަމަށްވާތީ، އެ ދެ ބޭފުޅުންނަށް ވަނީ އެ މަގާމުތައް ކަށަވަރުވެފައެވެ.

ކޮމިޓީގެ އާއްމު މެމްބަރުންގެ ގޮތުގައި އިންތިޚާބަކާ ނުލައި ހޮވިފައިވާ ބޭފުޅުންނަކީ:
އަބްދުﷲ އިބްރާހިމްދީދީ، ޕެރިސް
އިބްރާހިމް މުފީދު، ކަރަންކާވިލާ
ވަސީމާ ހަސަން، ގުލްފާމުވާދީ
އަހުމަދު ސައީދު، ގޮފި
ހަސަން ޝާހިދު، އެމޭޒިންގ ( ކުރީގެ އައްޑޫސިޓީ ކައުންސިލް މެމްބަރު )
އަބްދުއްރައްޒާގު، ލަކީޝޭޑް
ރަޝީދާ މުހައްމަދު ދީދީ، ކުރެދިމާގެ
މީގެ އިތުރުން، ގޮފިތަކުގެ މުހިންމު މަގާމުތަކަށްވެސް ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށް އެންމެ ބޭފުޅަކު ކަމަށްވާތީ، އެ ބޭފުޅުންނަށްވެސް ވަނީ އިންތިޚާބަކާ ނުލައި މަގާމުތައް ކަށަވަރުވެފައެވެ.
އެގޮތުން ޒުވާނުންގެ ރައީސަކަށް ޔޫނުސު، ޒުވާނުންގެ މެންބަރުކަމަށް ޝަހުދު، އަންހެނުންގެ ރައީސްކަމަށް ނިޢުމަތް އަދި އަންހެނުންގެ މެމްބަރުކަމަށް ނިހާނު ވަނީ ހޮވިފައެވެ.
ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތިލާފައި ނުވާތީއާއި ބައެއް ބޭފުޅުން ނަން އަނބުރާ ގެންދެވުމާ ގުޅިގެން، މިއަދު މީދޫގައި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަކަށް ނުދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

