ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް ލެއްގި ބޮޑު މަހެއް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ނަގައި ވަޅުލައިފިއެވެ.
ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ރަށު ހުޅަނގު ފަރުމައްޗަށް ލައްގާފައިވަނީ 30 ފޫޓުގެ ބޮޑުމަހެކެވެ.
މި މަސް ފަރުމަތިން ނަގައި ގޮނޑުދޮށަށް އެރުވުމަށްފަހު، މިހާރު ވަނީ ރައްކާތެރިކަމާއެކު ވަޅުލާފައެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހޯރަފުށީ ސައިޓްގެ މުވައްޒަފުން ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން ވަނީ، ބޮޑުމަސް ނަގައި ވަޅުލުމުގެ މަސައްކަތުގައި ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، އެމް.ޓީ.ސީ.ސީ އަދި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މަސްދަރު:ތިލަދުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

