ރޭ އަދި މިއަދު ކުޅެވުނު ފޯރިގަދަ މެޗުތަކާއެކު ވޯލްޑް ކަޕްގެ ތިން ގްރޫޕެއްގެ ނަތީޖާ ވަނީ ކަށަވަރުވެފައެވެ.
ކެނެޑާ އަތުން 2-1 އިން މޮޅުވެ، ގްރޫޕް ބީގެ އެއްވަނަ ސްވިޒަލޭންޑުން ހޯދިއިރު، ކެނެޑާ ދިޔައީ ދެވަނައަށެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވިނާއިން 3-1 އިން ގަތަރު ބަލިކޮށް، ގްރޫޕްގެ ތިންވަނަ ހޯދުމާއެކު ދެވަނަ ބުރަށް ކޮލިފައިވިއެވެ.
ބްރެޒިލުން ސްކޮޓްލޭންޑްގެ މައްޗަށް 3-0 އިން ކުރިހޯދައި ގްރޫޕް ސީގެ އެއްވަނަ ކަށަވަރުކުރިއިރު، މޮރޮކޯއިން ހައިޓީ 4-2 އިން ބަލިކޮށް ނޮކްއައުޓް ބުރަށް ދަތުރުކުރިއެވެ.
މީގެ އިތުރުން، ދެކުނު އެފްރިކާއިން ދެކުނު ކޮރެއާ 1-0 އިން ބަލިކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ކޮލިފައިވިއެވެ. މެކްސިކޯއިން ޗެކިއާ 3-0 އިން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދިއިރު، ޗެކިއާ ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

