ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެ ބޭންކުން ވިއްކި ޑޮލަރުގެ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މެއި މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ޚާއްޞަކުރެވުނުއިރު، ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 47 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް މިހާރުވެސް ފޯރުކޮށްދެމުންދަނީ ބީއެމްއެލްއިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

