މާތްﷲގެވަޙީބަސްފުޅުގައި،ވެއެވެ.
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا
މާނައީ: ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ حال، އެމީހެއްގެ އެންމެހައި ކަންތައް اللَّه އަށް ކިޔަމަންކޮށް، އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށް تبع ވި މީހަކަށްވުރެ، دين ގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ. (125)
ނަމަވެސް، މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މި ދުނިޔޭގެ ވަގުތީ ޖާހާއި، މާލާއި، މަޤާމަކީ އެންމެ މޮޅު ކަންތައްތައް ކަމުގައި ގިނަ ބަޔަކު ދެކެމުންދެއެވެ. މިކަމުގައި އަހަރުމެންނަކީ މުސްލިމުންކަން ފަޅި ސިކުންތަކަށް ވެސް ހަނދާން ނެތުނީ ބާވައެވެ؟

މާތްﷲ އިންސާނާއަށް އަމުރުކުރައްވާފައިވާ އަމުރުފުޅުތަކާއި، އެ އަމުރުފުޅުތައް ހަނދުމަކޮށްދެއްވުމަށް ބާވައިލެއްވި ފޮތްތަކާއި ރަސޫލުންގެ ބަސްފުޅުތަކަށް މިއަދު އަޅުގަނޑުމެން ފުރަގަސްދެނީ ކީއްވެގެންތޯއެވެ؟ މާތްﷲގެ އޯގާވަންތަކަން ނިކަން ދެކިބަލާށެވެ. އެކަލާނގެ އެންގެވުންތަކާ ޚިލާފުވެ، މި ބިންމަތީގައި ބޮޑާކަމާއެކު އުޅެމުންދާއިރު ވެސް، އަހަރެމެން މިތިބީ އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައެވެ. ކެއިންބުއިމާއި، ނޭވާލާނެ ވަޔާއި، ދިިރިއުޅުމުގެ އެންމެހައި ވަސީލަތްތައް އެކަލާނގެ ދެއްވަނީ އެއްވެސް އުނިކަމެއް ނެތިއެވެ.
މާތްﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވި ފަދައިން ޢަމަލުކުރުމަށެވެ. އެކަލޭގެފާނު ނަމާދުކުރެއްވި ގޮތާއި، ޒަކާތް ދެއްވި ގޮތާއި، އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިމެ އެކަލޭގެފާނަކީ އަޅުގަނޑުމެންނަށް އޮތް އެންމެ މަތިވެރި ނަމޫނާއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ނަފްސުތަކާ ސުވާލުކޮށްލަންޖެހެއެވެ. މި ނަމޫނާގައި އަޅުގަނޑުމެންނަށް ހިފަހައްޓާލެވެނީ ކިހާވަރަކަށް ބާވައެވެ؟
އިސްލާމީ ރިވެތި އުޞޫލުތަކާ އެއްގޮތަށް ޢަމަލުނުކުރެވޭނަމަ، ހިތްތަކުގެ އީމާންކަން ވަރުގަދަކޮށްދެއްވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ގިނަގިނައިން ދަންނަވަންޖެހެއެވެ. އެކަލާނގެއަށް ޛިކުރުކުރުންމަތީ ދެމިހުރެ، އެކަލާނގެ ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުވާންޖެހެއެވެ. ފާފަތަކުން ދުރުވެ، ހެޔޮމަގަށް ރުޖޫޢަވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.
ޙަޔާތުގެ ދަތުރުގައި ސާބިތުކަން ދެއްވުމަށާއި، ދެދުނިޔޭގެ ކާމިޔާބީއަށް އެދި ދުޢާކުރުމަކީ މުއުމިނާގެ ހަތިޔާރެވެ. ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ޙަދީޘްފުޅުތަކުން ލިބިދޭ ދީނީ މަތިވެރި އިރުޝާދުތައް ހޯދައި، އެއަށް އަމަލުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުގައި ސާބިތުކަމާއެކު ކުރިއަށް ގޮސްފިނަމަ، އިރާދަކުރެއްވިއްޔާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބި، ކާމިޔާބު މީހަކަށް ވެވޭނެއެވެ. އިންޝާﷲ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

