އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާރު ކުރިލިބެމުންދަނީ އީރާނަށް ކަމަށެވެ. އަދި މި ހަނގުރާމައިގެ ނަތީޖާ އީރާނާ އެއްކޮޅަށް އެނބުރެމުންދާކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރިމަތިކުރާނެ ޝަރުޠުތައް ދެން ކަނޑައަޅާނީ އީރާނުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއާއި އިޒްރޭލަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ނިކަމެތިކަމާއެކު އީރާނުން ހުށަހަޅާ ޝަރުޠުތަކަށް އިޖާބަދީ، އެ ކަންކަން ގަބޫލުކުރުމެވެ.
މި ބަޔާނުގައިވާ ގޮތުން، އީރާނުގެ އަސްކަރީ ގާބިލުކަމާއި ރޭވުންތެރިކަމުގެ ކުރިމަތީގައި އިދިކޮޅު ބާރުތައް ވަނީ ބަލިކަށިވެފައެވެ. އަދި ސަރަޙައްދީ ރައްކާތެރިކަމާއި އަމާންކަން ގާއިމުކުރުމުގައި އީރާނުން ދޫނުދޭނެ ކަމަށާއި، އިސްތިޢުމާރީ ބާރުތަކުން އީރާނުގެ ނިންމުންތަކަށް ބޯލަނބަންޖެހޭނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މި ހަނގުރާމައިގައި އީރާނުން ހޯދަމުންދާ ކާމިޔާބީއަކީ މުޅި ސަރަޙައްދުގެ މިނިވަންކަމަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި އީރާނުގެ އަސްކަރިއްޔާއިން ސިފަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

