ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފޯރިގަދަ މެޗުތަކަށްފަހު، ދުނިޔޭގެ ނަންމަޝްހޫރު ބޮޑެތި ކްލަބުތަކުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކުރަން ފަށައިފިއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ، ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން ހޯދި ކާމިޔާބީއެވެ.
ރެއާލްމެޑްރިޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީވެސް ރެއާލްމެޑްރިޑެވެ. ރެއާލް މެޑްރިޑުން ކްއާޓަ ފައިނަލުން ޖާގަލިބުނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފައެވެ.
ފްރާންސްގެ ޕީއެސްޖީން ވެސް ވަނީ އިނގިރޭސި ކްލަބު ޗެލްސީގެ މައްޗަށް ކުރިހޯދައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ޕީއެސްޖީން މި ޖާގަ ހޯދީ ދެވަނަ ލެގުގައި 3-0 އިން ޗެލްސީ ބަލިކޮށްގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 5-2 އިން ޕީއެސްޖީ ކާމިޔާބުކޮށްފައިވާއިރު، އެގްރިގޭޓް ނަތީޖާއަކީ 8-2 އެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ އާސެނަލްއިން ވެސް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އާސެނަލް މި ޖާގަ ހޯދީ ޖުމްލަ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަޔާން ލެވަކޫސަން ބަލިކޮށްގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 1-1 އިން އެއްވަރުވި ނަމަވެސް، ދެވަނަ ލެގުގެ މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

